ރޮޒޭގެ ރައްދު އިންތިއަށް: އެމްޑީޕީގަ ތިބީ ކަސްތޮޅު އަޅުވާފައި ތިބި ބައެއް ތަ؟

ރޮޒޭގެ ރައްދު އިންތިއަށް: އެމްޑީޕީގަ ތިބީ ކަސްތޮޅު އަޅުވާފައި ތިބި ބައެއް ތަ؟

ގުޅުންހުރި

އެމްޑީޕީއަކީ ކަސްތޮޅު އަޅުވާފައި ތިބި ބަޔަކު ތިބި ތަނެއްތޯ ސުވާލު އުފައްދަވައި މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް، މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށް ރައްދު ދެއްވައިފި އެވެ.

އިންތިއަށް ރައްދުދެއްވާ ރޮޒައިނާ ސުވާލު އުފައްދަވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ދިން ނުރައްކާތެރި ހަމަލާއަށްފަހު، އެހަމަލާއާ ގުޅޭގޮތުުން ރައީސް ނަޝީދު ދައްކަވަމުންދާ ވާހަކަފުޅު ތަކަށް އެމްޑީޕީގެ އެއްވެސް މެމްބަރަކަށް ދެކޮޅު ނުހެއްދެވޭނެ ކަމުގައި އިންތި ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދިޔަ ޕާލިމަންޓްރީ އިންކުއަރީ ރިޕޯޓް އެކުލަވާލި ކޮމެޓީގެ މުޤައްރިރު މުޙައްމަދު އަސްލަމް، ރައީސް ނަޝީދު ދައްކަވަމުންދާ ވާހަތަކަށް ރައްދު ދެއްވުމުން އިންތި ވަނީ އެކަމާއި ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާފަ އެވެ.

އިންތި ވިދާޅުވީ ރާއްޖޭގައި ހައްދު ފަހަނައަޅާފައިވާ ހަރުކަށި ފިކުރު އޮތްކަމަށް ފާޅުގައި ވާހަކަދައްކަވަން ކެރޭ ހަމައެކަނި ލީޑަރު، ބޮމެއް ގޮއްވާލައި ބޮޑެތި ޒަހަމްތަކެއްލިބި އެހާލުގައި އޮންނަވައިގެން މިކަން ހިނގައިދިޔަ ގޮތާއި، ޤައުމު ހަމަމަގަށް އަޅުވަން ދެއްވާ ލަފައާއި ގުޅިގެން އެކަމަށް ފާޑުކިޔައި އެމްޑީޕީގެ އެއްވެސް މެމްބަރަކަށް ވާހަކަ ނުދެއްކޭނެކަމަށެވެ.

ރައީސް ނަޝީދަށް ދިން ނުރައްކާތެރި ހަމަލާއާއި ގުޅިގެން ތަހުގީގު ކުރިއަށްދާ ގޮތުންނާއި، އަދި ސަރުކާރުން މަޖިލީހަށް ހުށަހެޅި ނަފްރަތު ބިލަށް ސަރުކާރުން ތާއީދު ނުކުރުމުން ރައީސް ނަޝީދުވަނީ މިސަރުކާރަށް އެމަނިކުފާނުގެ އެއްވެސް ތާއީދެއް ނޯންނާނެކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާވެސް ސިޔާސީ ގޮތުން އެއްވެސް ގުޅުމެއް ނުބާއްވާނެކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ މެމްބަރުންގެ ތެރެެއިން ސަރުކާރާއި ރައީސް ޞާލިޙަށް ތާޢީދުކުރައްވާ މެމްބަރުން ގެންދަވަނީ ކޯލިޝަން ދެމެހެއްޓުމަށާއި ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމަށް އިސްކަންދެއްވާ ރައީސްގެ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ދިފާޢުކޮށް ވާހަކަ ދައްކަވަމުންނެވެ. އޭގެތެރޭގައި މެމްބަރު ރޮޒައިނާވެސް ފާހަގަކޮށްލެވެއެވެ.

ހަމައެއާއެކު ރައީސް ނަޝީދަށް ތާޢީދުކުރައްވާ މެމްބަރުންވެސް ގެންދަވަނީ ސަރުކާރާއި ރައީސް ޞާލިޙްގެ ދިފާޢުގައި ވާހަކަދައްކަވާ މެމްބަރުންނަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ