ފަރުވާއަށް ޖަރުމަނަށް ދިޔަފަހުން، ރައީސް ޞާލިހު ނަޝީދަށް ގުޅުއްވާފައިނުވޭ!

ފަރުވާއަށް ޖަރުމަނަށް ދިޔަފަހުން، ރައީސް ޞާލިހު ނަޝީދަށް ގުޅުއްވާފައިނުވޭ!

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއިން ލިބިވަޑައިގަތް ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަނުވިލާތަށް ފުރައިވަޑައިގެންނެވިފަހުން މިހާތަނަށް ރައީސް ޞާލިހު ރައީސް ނަޝީދުގެ ހާލު ބައްލަވާފައި ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއިން ލިބިވަޑައިގަތް ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަނުވިލާތަށް ފުރައިވަޑައިގެނެނީ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. ރައީސް ނަޝީދު އިތުރު ފަރުވާއަށް ވަޑައިގަތީ އޭޑީކޭ ހޮސްޕިޓަލުން ގިނަ ސާޖަރީތަކެއް ހައްދަވައި ފަރުވާ ހޯއްދެވުމަށްފަހުއެވެ.

ހަމަލާއަށްފަހު ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ފަރުވާ ހޯއްދަވަން ދިޔަފަހުން ރައީސް ނަޝީދާއި، ރައީސް ޞާލިހުގެ ގުޅުންވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ރައީސް ނަޝީދު ޓުވިޓާ މެދުވެރިކޮށް ދައްކަވަމުންދާ ވާހަތަކާއި، ދައްކަވަމުންދާ އެކި ވާހަތަކާއި ގުޅިގެން ރައީސް ޞާލިހުއާއި، ނަޝީދުގެ ގުޅުންވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

ނަޝީދާއި، ރައީސްގެ ގުޅުން އެއްވެސް ވަރަކަށް ނެތްކަން ރައީސް ނަޝީދު ވަނީ މިއަދު ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލޭ) ވިދާޅުވީ ރައީސް ނަޝީދު ޖަރުމަނުގައި މިހާދުވަހު ފަރުވާ ހޯއްދަވައި، އަދި މިހާރު އިނގިރޭސި ވިލާތުގައި ހުންނެވިއިރުވެސް ރައީސް ޞާލިހު އެމަނިކުފާނުގެ ހާލު ބަލައިލަން ގުޅާވެސް ނުލާކަމަށް ވިދާޅުވެފައިވާކަމަށެވެ.

ހައިރާންވެއްޖެ! ރައީސް ނަޝީދު ޖަރުމަނަށް ވަޑައިގެން ފަހުން އަދި މިހާތަނަށް ރައީސުލްޖުހޫރިއްޔާ، ރައީސް ނަޝީދުގެ ހާލު ބަލާލަން އެއްވެސް ގޮތަކަށް ގުޅާފައިނުވާކަން މިއަދު ރައީސް ނަޝީދު ވިދާޅުވުމުން ވަރަށް ދެރަވެއްޖެ.

– ދޮންބިލޭ ވިދާޅުވިއެވެ.

ހަމަލާއަށްފަހު ދާދިފަހުން އިނގިރޭސި ވިލާތުގައި ހުންވައި އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ތިބޭ އަދި އާންމު ބައެއް މީހުންގެވެސް ތިބޭ ” ޖަޒީރާ” ވަޓްސް އަޕް ގްރޫޕުގައި ރައީސް ނަޝީދު ވަނީ ރާއްޖޭގެ ހަރުކަށި ފިކުރު އޮތް މިންވަރާއި ގުޅޭގޮތުން ވަރަށް ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވާފައެވެ. އަދި މިކަމުގައި އެމަނިކުފާނުގެ ކަންބޮޑުވުން އޮތްމިންވަރު ވަނީ ހިއްސާ ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ މިހާރު އޮތް ވެރިކަން ހިންގާ ކޯލިޝަނާއިއެކު ކުރިއަށް ދިއުމަށް ނޭދޭކަމަށެވެ. އަދި ރައީސް ޞާލިހުއާއިއެކު ސިޔާސީ އެއްވެސް މަސައްކަތެއް ކުރުމަށް ދެން ނުހުރެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އަވަހަރާކޮށްލަން މެއި 6 ގައި ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދަވަން މިހާރު އިނގިރޭސިވިލާތުގައި ހުންނެވި ނަޝީދު އިންޑިއާގެ “ވިއޯން” ޓިވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މެދު އުޅެނީ ފިކުރީ ގޮތުން ހިޔާލު ތަފާތުވުމެއް ކަމަށާއި ހަރުކަށި ފިކުރުގެ މީހުން ރުއްސަން މަސައްކަތްކުރުން ރައީސް ހުއްޓާލަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، ދީނީ ހަރުކަށި ފިކުރުގެ މީހުންގެ ރުހުން ހޯއްދަވަން ރައީސް މަސައްކަތް ކުރައްވާ ކަމަށެވެ. އެކަން ހުއްޓާލަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދުގެ މި ތުހުމަތަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ބުނާ ބަސްތަކަށް ރައީސް ތާއީދު ކުރައްވާތީ ވިދާޅުވި ވިދާޅުވުމެއްކަމަށް ބެލެވެއެވެ.

އަޅުގަނޑުމެންގެ ޕާޓީ އޮންނާނީ އެއްބައިވަންތަކަމުގައި. އަޅުގަނޑަކަށް ނުފެނޭ ރައީސްއާ ވެސް އެހާ ބޮޑަށް ގުޅުން ގޯސްވާނެ ކަމަކަށް.އަޅުގަނޑު ގަބޫލުކުރަނީ ރައީސް އަޅުގަނޑުމެން ގަބޫލުކުރާ އިސްލާމް ދީނުގެ މެދުމިނަށް އަނބުރާ ވަޑައިގެން ދީނީ ހަރުކަށި ފިކުރުގެ މީހުން ރުއްސަން އުޅުން ހުއްޓާލުން.

– ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ބިލަށް މިސަރުކާރުން ތާއީދު ނުކުރާނަމަ، މިސަރުކާރަށް ތާއީދު ނުކުރާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އިދިކޮޅު ޕީޕީއެމްއާއި އެކު ކޯލިޝަން ހަދައި ގުޅުން ގާއިމް ކުރުމަކީ އެމްޑީޕީއަށް އޮތް އެންމެ ރަނގަޅު ގޮތްކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ހިސާން ބިލު މަޖިލީހުގެ ނިމިގެންދިޔަ ދައުރުގެ ތެރޭގައި ފާސްކުރުމަށް މަސައްކަތްކުރި ނަމަވެސް ސަރުކާރުން މިބިލް އަލުން ކޮމެޓީއަށް ފޮނުވައިގެން ގިނަ އިސްލާހުތަކެއް ގެނައުމަށް ބޭނުންވުމުން ބިލު ވަނީ އަލުން ކޮމެޓީއަކަށް ފޮނުވާފައެވެ. މިބިލުގެ މައްސަލާގައި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ދަނީ ހޫނު ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. އަދި މިބިލާއިކު މަޖިލީހުގައި ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުންނާއި، ރައީސް ޞާލިހަށް ތާއީދު ކުރާ މެމްބަރުން ވަނީ ވަރަށް ބޮޑަށް ސާފުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

5 Responses

  1. ފަރުވާ ހޯދަނީކީ ނޫން ނާޗަރަންގީ ކުޅެނީ ކީއްތަވާނީ އަންނި ގުޅިއްޔާ މުޅިގައުމު ކުޑައަށްލާފަ އެއްގައުމުން އަނެއްގައުމަށް ހޫރޭއިރު ހަމަ އިބޫތަ ގުޅަން ޖެހެނީ

  2. ފަރުވާއަށްތަ ގޮސްހުރީ ނާޗަންރީ ކުޅެންތަ ސަރުކާރުގެ ފައިސާތައް އިސްރާފްކުރަން ، ހަމަ އަންނި ގުޅިޔަސް ރަގަޅުވާނެ ނޫންބާ ކޮންމެހެން އިބޫތަ ގުޅަން ޖެހެނީ .

  3. ޖަރުމަނު ކުރިއޮޕްރޭށަނުގަ ނަސީދުގެ ގައިގަ ހުރިހުރިހާ ހަރުކަށި ނަގާފާހުރީ އެހެންވެ ހަރުކަށިހަރުކަށިއޭކިނީ

    1. ކޮންމެހެން ގުޅަށް ޖެހޭތަ ؟ އެހެންކަމަށްވާނަމަ ބަލިވާ ކޮންމެ މީހަކަށް އިބޫ ގުޅަށްވާނެ ނޫން ؟ ތިޔަށް ކިޔަނީ ހޮޅި ވާހަކަ ! ތިޔަ އުޅުއްވަނީ ގައުމަށްވުރެ ބޮޑުވެގެން .

  4. ކަލެއަށް ދުވަހަކު ނުގުޅިއަސް ވަރިހަމަ. އެހެން ނޫނަސް އެއްކަމެއްވެސް ވެގެންނެެއްނޫން ކަލޭ ތިތަނަށް ގޮސްގެން ތިއުޅެނީ. ބޮންގޮއްވީއޭ ކިޔާފަ ސްޓަންޓް ޖައްސަނީ. ޑްރާމާ ވަގު. ހުސް ޑްރާމާ ކުޅެނީ.

Leave a Reply

Your email address will not be published.