ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށްފަހު ހޯމް މިނިސްޓަރ އިމްރާންގެ ބަސްމަގު އެކި ގޮތަށް ބަދަލުވެ، އިތުރުފުޅު ހައްދަވަމުންދަނީ ކޮން އެއްޗެއް ފޮރުވަންތޯ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، މިނިސްޓަރ އިމްރާނާއި ސުވާލު ކުރައްވައިފިއެވެ.
ހައްދުފަހަނާއެޅި ފިކުރުން ރާއްޖޭގެ ސަލާމަތަށް ނުރައްކާ ބޮޑުވެފައި ވިޔަސް ސަރުކާރުގެ ތެރޭގައި 'އަޑީ ދައުލަތެއް' އޮތް ކަމަށް ރަސްމީ އިދާރާތައް ހިމެނޭ ގޮތުން ކޮށްފައިވާ ތުހުމަތުތައް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ދޮގުކުރައްވައި ދެއްކެވި ވާހަތަކާއި ގުޅިގެން ވައްޑެ ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދިންރޭ މިނިސްޓަރ އިމްރާން މީޑިއާތަކުގައި އެކަމުގައި މާބޮޑު މައްސަލައެއް ނެތޭ ވިދާޅުވެ ވާހަކަ ދެއްކެވި ކަމަށެވެ. އަދި މިހާރު މިވާހަތަކާއި، ހަރުކަށި ފިކުރާއި ގުޅިގެން މީގެކުރިން ދައްކަވާފައިވާ ވާހަތަކާއި ހާމަކުރައްވާފައިވަ މައުލޫމާތުތައް އޮޅޭގޮތަށް ވާހަކަ ދައްކަވަނީ ކޮން ކަމެއް ފޮރުވަންތޯ ވައްޑެ ވަނީ ސުވާލު ކުރައްވާފައެވެ.
ބޮން ގޮއްވާލައިގެން ރައީސް ނަޝީދަށް ފަރުވާ ދެމުން ގެންދަނިކޮށް “މާބޮޑު މައްސަލައެއް ނެތޭ” ވެސް ވިދާޅުވީމު ނުންތޯ؟ ކޮން އެއްޗެއް ފޮރުވަންތޯ ތިޔަހާ ވަރަކަށް ތިޔަ އިތުރުފުޅު ހައްދަވަނީ؟
– ވައްޑެ ވިދާޅުވިއެވެ.
ރާއްޖޭގެ އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވެފައިވަނީ
ލުހުންގެ ފަރާތުން މިހާތަނަށް އޭނާއަށް ލިބިވަޑައިގެންފައިވާ އަދި ރާއްޖޭގެ ސަލާމަތީ ކަންކަން އެސެސްކުރަން ހެދި އެއްވެސް ރިޕޯޓެއްގައި ރާއްޖޭގައި އަޑީދައުލަތެއް އޮތް ކަމަކަށް ބުނެފައި ނުވާ ކަމަށެވެ. އަދި ރާއްޖެއަކީ ކުރިއަރަމުން އަންނަ ތަރައްގީ އާއީ ތަހުޒީބާއި ޑިމޮކްރެސީއަށް ލޯބިކުރާ ވެއްޓެއް ގާއިމްވެފައި އޮތް ގައުމެއް ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖެ އަފްގާނިސްތާނާ ހަމައަށް ގެންދަން ނުވާނެ ކަމަށެވެ. އެދިމާއަށް ރާއްޖެ ދަތުރުކުރަމުން ވެސް ނުދާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިނިސްޓަރ އިމްރާން މިހެން ވިދާޅުވި ނަމަވެސް ހަރުކަށި ފިކުރުގެ ހަރަކާތްތައް ހިންގާ އަދި މީހުން މަރަން ފަސްނުޖެހޭ 1400 އެއްހާ މީހުން ދޫވެފައި ތިބިކަމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
2 Responses
Imraanakee abadhuves dhoguhadhaameehehmeegekureegai raees nasheedhaai raees yaameenaagulheygothun imraanudhakkaifaihuri vaahaka ah balaairu imraanakeevaquthun hayyarukuran jeheymeeheh
މަހީހީ ހަލާކު މިސޮރު މަޖުލީހުގައި ފެލޭ ވަރުން ގަޔަގުއިލެވިފައިހުންނާނީ ކަލޭ ކިތަމެވަރެއްވިޔަސްލާދީނީބިލު ފާސްކުރާކަ ނުކެރޭ.ެ ނެ ކުރިޔަސްލާދީނީ ކިޔާނެ