މުޅިމާލެއިން ވަނީ ކަރަންޓު ކެނޑިފައި، އަލުން ކަރަންޓު ދިނުމަށް ގަޑިއެއް ހާއިރު ނަގާނެ: ސްޓެލްކޯ

މުޅިމާލެއިން ވަނީ ކަރަންޓު ކެނޑިފައި، އަލުން ކަރަންޓު ދިނުމަށް ގަޑިއެއް ހާއިރު ނަގާނެ: ސްޓެލްކޯ

ގްރޭޓާމާލެ ގްރިޑްގެ ދެެވަނަ ސާކިޓް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް މުޅި މާލެއިން ކަރަންޓުކެނޑިފައި ވާކަމަށާއި، މިހާރު ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން ދާކަމަށް ސްޓޭލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން ބުނެފައިވަނީ މުޅި މާލެއަށް ކަރަންޓު އަލުން ދިނުމަށް ގަޑިއެއްހާއިރު ހޭދަވާނެކަމަށް ބެލެވޭކަމަށެވެ.

ސްޓޭލްކޯއިން ދާދި ދެންމެއަކު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ގްރޭޓާމާލެ ގްރިޑްގެ މަސައްކަތް ކުރަމުންދާއިރު، މިއަދު ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތްކަން ކުރިން ވަނީ މީޑިއާތައް މެދުވެރިކޮށް އަންގާފައި ކަމަށާއި، ދިމާވާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭ ކަމަށެވެ.

ކުރިން ސްޓެލްކޯއިން ކުރިން ބުނެފައިވަނީ، ގްރޭޓާމާލޭ ކަރަންޓު ވިއުގަ ގުޅާލުމުގެ މިމަހު 17 ވަނަދުވަހު ފަށާފައިވާ ކަމަށާއި މި މަސައްކަތް ހިނގަމުންދާ ވަގުތުތަކުގައި، މަސައްކަތް ފެށުނު ދުވަހުގައާއި އަދި މި މަހުގެ 21 ވަނަ ދުވަހު (މިއަދު) މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެގޮތުން، މިއަދުގެ ހެނދުނު 8:00 އިން 17:00 އަށް މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.

ސްޓެލްކޯ އިން ބުނެފައިވަނީ ގްރޭޓާމާލޭ ގްރިޑް ކަނެކްޝަނަކީ މާލެ އާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132ކޭވީގެ 7 ކިލޯމީޓަރުގެ ދެ ސާކިޓުން ގުޅާލެވޭ މަޝްއޫއެކެވެ.

މި މަޝްރޫއުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރާއި، ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ސްޓެލްކޯއިން ބަހައްޓާފައި އެވެ. މި ކަރަންޓު ވިއުގައިގެ ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިފައި ވާކަމަށް ސްޓެލްކޯއިން ބުނެއެވެ.

މި މަޝްރޫޢުގެ ސަބަބުން، އެއް ރަށުން ކަރަންޓު ކެނޑިއްޖެނަމަ އަނެއް ރަށުގައި އުފައްދާ ކަރަންޓު ބޭނުންކޮށްގެން ކަރަންޓު ދިނުމުގެ އިންތިޒާމު ހަމަޖެހޭނެއެވެ.

އެގޮތުން މާލޭގެ ކަރަންޓުގެ ނިޒާމަށް މައްސަލައެއް ދިމާވެއްޖެނަމަ ހުޅުމާލޭގެ ކަރަންޓު ގްރިޑާ ގުޅާލެވޭނެއެވެ. އަދި ހުޅުމާލެއަށް ނުވަތަ ހުޅުލެއަށް މައްސަލައެއް ދިމާވެއްޖެނަމަ މާލޭގެ ގްރިޑާ ގުޅާލެވޭނެއެވެ. މިއީ 45 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *