ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
21 ޖުލައި 2021 10:54
0

ކޯވިޑް-19 ޖެހިގެން ރާއްޖެ އިން އިތުރު މީހަކު މަރުވެއްޖެއެވެ.

މިއަދު މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ މީހެކެވެ. އޭނާ އާއި ގުޅޭ މައުލޫމާތު އަދި ސާފެއް ނުވެއެވެ. ކޯވިޑް ޖެހިގެން މިއަދު މީހަކު މަރުވުމުން ރާއްޖެ އިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 218 އަށް އަރާފައެވެ.

މިހާތަނަށް ކޯވިޑް ޖެހިގެން ރާއްޖެ އިން މަރުވީ 201 ދިވެހިންނާއި 17 ބިދޭސީންނެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 76،188 އަށް އަރާފައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު 73،340 އަށް އަރާފައިވާއިރު، މިހާތަނަށް ރާއްޖެއިން 218 މީހަކު ކޮވިޑްގައި މަރުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.