މިއަދު ޕޮޒިޓިވް އަދަދު 169 ގައި، އަތޮޅު ތެރެއިން 127 މީހުން!

މިއަދު ޕޮޒިޓިވް އަދަދު 169 ގައި، އަތޮޅު ތެރެއިން 127 މީހުން!

Author
ޢަލީ އާދަމް
20 ޖުލައި 2021 10:03
0

ރާއްޖެއިން ކޯވިޑް-19އަށް މިއަދު އިތުރު 169 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރުއަލަށް ޕޮޒިޓިވްވި 169 މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 24 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 127 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 15 މީހުންނާއި، ސަފާރީތަކުން ޕޮޒިޓިވްވި 03 މީހުންނެވެ.

އަލަށް މި ބައްޔަށް ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ޖުމްލަ 76،188 މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

އެކްޓިވް ކޭސްތަކުގެ ޢަދަދު މިހާރު ހުރީ 2،619 ގައި އެވެ. ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން މިހާރު އަންނަނީ 8 މީހަކަށެވެ.

ފާއިތުވި 24 ގަޑީރުތެރޭ މި ބަލިން ރަނގަޅުވީ 19 މީހެކެވެ. އެއާއެކު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 73،340 އަށް އަރާފައެވެ.

ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4،932 ސާމްޕަލް ވަނީ ޓެސްޓުކޮށްފަ އެވެ.

މިހާތަނަށް ރާއްޖޭގައި ކޯވިޑް ބަލި ޖެހިގެން ނިޔާވީ މީހުންގެ އަދަދު ވަނީ 217އަށް އަރާފަ އެވެ. މީގެތެރޭގައި ހިމެނެނީ 199 ދިވެހިންނާ 18 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.