ކޯވިޑަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

ކޯވިޑަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
20 ޖުލައި 2021 08:55
0

ކޯވިޑަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ބ.އޭދަފުށީ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ އަންހެނެކެވެ. މިމީހާ ނިޔާވެފައިވަނީ ރޭ އެކެއް ޖަހާކަން ހާއިރުގައެވެ. މިއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 217 އަށް އަރާފައެެވެ.

މިއީ މި މަހު މިހާތަނަށް ކޮވިޑްގައި ނިޔާވި ހަތް ވަނަ މީހައެވެ. އަދި މި އަހަރު މިހާތަނަށް ކޯވިޑްގައި ނިޔާވި 170 ވަނަ މީހާއެވެ.

ރާއްޖެ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިމަހު މަދުވާން ފެށުމުން ފާއިތުވި ދެމަހަށްވުރެ މިމަހު ނިޔާވި މީހުންގެ އަދެވެ. ކޯވިޑް ޖެހިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް މިހާރު މަދެވެ. އިއްޔެ އިރުއޮއްސުމާއި ހަމައަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔައީ 14 މީހުންނަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.