ޢީދު ފާހަގަކުރާއިރު އެޗްޕީއޭގެ އެންގުންތަކަށް ސަމާލުވުމަށް އެމްއާރްއެމުން އިލްތިމާސްކޮށްފި

ޢީދު ފާހަގަކުރާއިރު އެޗްޕީއޭގެ އެންގުންތަކަށް ސަމާލުވުމަށް އެމްއާރްއެމުން އިލްތިމާސްކޮށްފި

Author
ޢަލީ އާދަމް
19 ޖުލައި 2021 08:23
0

ޢީދު ފާހަގަކުރުމަށް އާއިލާތަށް ކައިރިއަށާއި ރަށްރަށަށް ދަތުރުކުރާއިރު އެޗްޕީއޭގެ އެންގުންތަކަށް އަމަލުކުރުމަށް ސަމާލުކަން ދިނުމަށް، ސަރުކާރު ކޯލިޝަންގަިއ ހިމެނޭ އެއް ޕާޓީ އެމްއާރްއެމުން އިލްތިމާސްކޮށްފި އެވެ.

ބަރަކާތްތެރި ޙައްޖު ދުވަހާއި އަޟްހާ ޢީދުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް އެންމެހައި ރައްޔިތުންނަށް ފުނުވުމަށް އެޕާޓިން ނެރުނު ތަހުނިޔާގެ މެސެޖުގައި ބުނެފައިވަނީ މިއަހަރުގެ ހައްޖު ދުވަހާއި ޢީދު ފާހަގަކުރަން ޖެހިފައިވަނީ ނުރައްކާތެރި ބަލިމަޑުކަމެއް މުޅި ދުނިޔެއާއި ރާއްޖެވެސް ތަހަންމަލް ކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

އެހެންކަމުން އާއިލާ ކައިރިއަށާއި ރަށްރަށަށް ދަތުރުކޮށް ޢީދުގެ އުފާ ފާޅުކުރުމުގައި އެޗްޕީއޭގެ އެންގުންތަކަށް އަމަލުތައް ބެހެއްޓުމަށް އެޕާޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން ޙައްޖުގެ މާތްކަމާއި ޢީދުގެ މުހިންމުކަންވެސް އެމްއާރްއެމްގެ ތަހުނިޔާގެ މެސެޖުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން އަޟްހާ ޢީދު ދުވަހަކީ އެންމެންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް އާކޮށް ދިރުވުމުގެ ދުވަހެއް ކަމަށާއި ޙާއްސަކޮށް މުސްލިމުންގެ ތެރޭގައި ތިބި ފުދުންތެރިކަންކުޑަ އަހުންނާއި އުހުތުންގެ ހާލު ބަލައި އެފަދަ މީހުންނަށް އެހީތެރިވެދޭންވީ ދުވަހެއްކަމަށްވެސް އެމްއާރްއެމްގެ ތަހުނިޔާގެ މެސެޖުގައި ފާހަގަކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.