މިއުޒިކް އާޓިސްޓުންނަށް ހާއްސަ އެންއެފްޓީ ޓޯންގެ އެންބަސަޑަރަކަށް ޝަހީދު ލެގަސީ!

މިއުޒިކް އާޓިސްޓުންނަށް ހާއްސަ އެންއެފްޓީ ޓޯންގެ އެންބަސަޑަރަކަށް ޝަހީދު ލެގަސީ!

Author
ޢަލީ އާދަމް
18 ޖުލައި 2021 06:13
0

މިއުޒިކް އާޓިސްޓުންނަށް ހާއްސަ އެންއެފްޓީ ޓޯންގެ އެންބަސަޑަރަކަށް ރާއްޖޭގެ ރޮކްމެޓްލްގެ ރަސްގެފާނު އަޙްމަދު ޝަހީދު، އެންމެގެ ނަމުން ނަމަ ޝަހީދު ލެގަސީ ހަމަޖެހިއްޖެއެވެ.

އެން.އެފް.ޓީ ޓޯންގެ ޕްލެޓްފޯމް އަކީ އެކި މިއުޒިޝަނުން އެކަކު އަނެކަކަށް ތަޢާރަފްވެ އިންވެސްޓަރުން ހޯދުމަށް ހުޅުވިފައިވާ ރަނުގެ ޕްލެޓްފޯމެކެވެ. މިގޮތުން އެފަރާތްތަކުގެ މިއުޒިކް އެންއެފްޓީ (ނޮން ފަންޖަބަލް ޓޯކަންް) އަށް ބަދަލުކޮށް އިންވެސްޓަރުންނާއި އެކު ޑިޖިޓަލީ ބަދަލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މިގޮތުން ކްރިޕްޓޯ ކަރަންސީ ކުރިއަރަމުން އަންނަ މިދަނޑިވަޅުގައި އެން.އެފް.ޓީ ޓޯން މާކެޓް މިޕްލެޓް ފޯމުގައި އަމިއްލަ މިއުޒިކް ކޮންޓެންޓް އުފައްދާ އެން.އެފް.ޓީ ޓޯން އަށް ބަދަލުކޮށް ނީލަން ކިޔާ އެ މިއުޒިޝަނަކު ބޭނުން އަގެއްގައި ވިއްކާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އެން.އެފް.ޓީ އަކަށް ބަދަލު ކުރާ ލަވައެއްގެ އޯނަޝިޕް ލިބިގެންދާނީ ހަމަ އެމިއުޒިޝަނަކަށެވެ. އެގޮތުން އެން.އެފް.ޓީ އެހެން 2 ފަރާތެއްގެ މެދުގައި ބަދަލުކުރެވިގެން ދިޔަ ނަމަވެސް އެ އެން.އެފް.ޓީގެ އޯނަރޝިޕް ލިބިގެންދާނީ އެމިއުޒިޝަނަކަށެވެ. އަދި އެ އެން.އެފް.ޓީ އެހެން 2 ފަރާތެއްގެ މެދުގައި ބަދަލުކުރެވިގެންދާ އިރުވެސް ވަކި ޕަސަންޓްއެއް އެމިއުޒިޝަނަކަށް ލިބޭ ގޮތަށްވެސް އެން.އެފް.ޓީ ޓޯން ހަމަޖެއްސިދާނެއެވެ. މިގޮތުން އެން.އެފް.ޓީ ޕްލެޓްފޯމް ބޭނުން ކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ މަޤުބޫލު މިއުޒަޝުންނަށް ސަޕޯޓް ކުރުމަށްޓަކައި އެފަރާތްތަކުގެ އެން.އެފް.ޓީ ގަތުމަށް ފުރުޞަތު ލިބިގެންދާނެއެވެ.

އެހެން ކަމުން އެން.އެފް.ޓީ ޓޯން މާކެޓް މި ޕްލެޓްފޯމް ވެގެން ދާނީ ކުރިއަރަމުން މިއަންނަ ދުނިޔޭގައި ކްރިޕްޓޯ ކަރަންސީއަށް ލިބެމުން އަންނަ ތަރުހީބާއި އެކު މިއުޒިޝަނުންނާއި މިއުޒިކް އަޑު އަހާ ފަރާތްތަކަށްވެސް ވަރަށް މަޤުބޫލުތަނަކަށް ކަމަށް ޝަހީދު ބުނެއެވެ.

އެން.އެފް.ޓީ ޓޯން އަދި ޝަހީދުގެ ސޯޝަލް މީޑިއާގައި ޝަހީދު ހާމަ ކުރި ގޮތުގައި އަލަށް ކުރިއަރަމުން އަންނަ މިއުޒިކީ ފަންނާނުންނަށް އެން.އެފް.ޓީ މި ޕްލެޓްފޯމްގައި ލިބެން ހުރި އެކި ފުރުސަތުތައް ޕްރޮމޯޓްކޮށް ހޭލުންތެރިކުރުމަށްޓަކައި އެން.އެފް.ޓީ ޓޯންއާއި އެކު މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ

މެޓަލް ބޭންޑް ސެކްރެޑް ލެގަސީގެ ލީޑް ގިޓަރިސްޓްގެ ގޮތުގައި މަޝްހޫރުކަން ހޯދި ޝަހީދުގެ މިއުޒިކީ ހަޔާތް ފެނުނީ 2004 ވަނަ އަހަރު 2 ރައްޓެއްސަކާއި އެކު އުފެއްދި "SYN' ނަމަކަށް ކިޔާ ބޭންޑްއަކުންނެވެ. އޭގެ ފަހުން 2006 "ސެކްރެޑް ލެގަސީ" ކިޔާ ބޭންޑްއެއް އަމިއްލައަށް އުފައްދާ ޝަހީދުގެ މިއުޒިކް ހަޔާތް އާ އުސްމިންތަކަށް ގެންދިޔައެވެ. އެގޮތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ޝަހީދުގެ ފުރަތަމަ ސޯލޯ އަލްބަމް އެ އަހަރުގެ ސެޕެޓެމްބަރ މަހު ރިލީޒްކުރެވުނެވެ.

ޝަހީދުގެ ކުޅަދާނަ ސޯލޯތަކާއި އެކު މިއަލްބަމް ވެގެން ދިޔައީ މެޓަލް މިއުޒިކްއަށް ލޯބިކުރާ މީހުންގެ ސަމާލުކަމާއި ޝައުޤުވެރިކަން އެއަހަރު އެންމެ އަވަހަށް ހޯދި އެއް އަލްބަމްއަށެވެ. އެއަށް ފަހު އޭނާގެ ސޯލޯ މިއުޒިކަށް އޮތް ޑިމާންޑްއާއި އެކު އޭނާގެ ސޯލޯ ކެރިއަރ ފެއްޓިއެވެ. މިގޮތުން އޭޝިއާ އަދި ޔޫރަޕްގައި ޝަހީދުގެ ސޯލޯ މިއުޒިކަށް ވަނީ މެޓަލް މިއުޒިކްއަށް ލޯބިކުރާ ފަރާތްތަކުގެ ސަޕޯޓްއާއި ޝައުޤުވެރިކަން ވަރަށް ބޮޑަށް ލިބިފައެވެ.

2021 ވަނަ އަހަރުގެ 4 ވަނަ ކުއަރޓަރގައި ޝަހީދުގެ 5 ވަނަ ސޯލޯ އަލްބަމް "ސްޓަސިސް" ވެސް އެންއެފްޓީ ޓޯން މާކެޓްގައި ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.