ތަރުތީބު ގެއްލި އަސާސީ ގިޔާމް ތަކުން ދައުލަތް ވަނީ ކައްސާލާފަ: ދިޔާނާ

ތަރުތީބު ގެއްލި އަސާސީ ގިޔާމް ތަކުން ދައުލަތް ވަނީ ކައްސާލާފަ: ދިޔާނާ

ގުޅުންހުރި

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް 2 މަސްވެގެން ދިޔައިރު، އެކަމަށް ފަންޑު ކުރި މިހުންނާއި އިހުމާލުވީ ވެރިންނާމެދު ފިޔަވަޅު އެޅުމަށް ފަސްޖެހިފައި އޮތުމުން ދައުލަތުގެ ތަރުތީބު ގެއްލި އަސާސީ ގިޔާމް ތަކުން ދައުލަތް ކައްސާލާފައި ވާކަން ސާފުވާކަމަށް ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މި އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާ ރާވާ އެއަށް ފަންޑުކުރި މީހުންވެސް ހޯދާ އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް ސަރުކާރާއި ތަހުގީގީ އިދާރާތަކުން އަންނަނީ ބުނަމުންނެވެ. އެހެން ނަމަވެސް އަދި މިހާތަނަށް ޢަމަލީގޮތުން މި ހަމަލާ ދިނުމުގައި ބައިވެރިވި މީހުންނަށްވެސް ދައުވާކުރުމާއި ހަމައަށް އާދެވިފައި ނުވެއެވެ.

ނަޝީދަށް އަމާޒުކޮށް މިދެވުނު ހަމަލާއާއި ގުޅޭގޮތުން ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލަން އަމާޒުކޮށް ހަމަލާ ދިންނަމަވެސް އެކަމުގައި ހަމަލާދިން މީހުން އެތަކެއް އާންމު ރައްޔިތުންގެ ފުރާނަ ރިސްކްކޮށްފައި ވާކަމަށެވެ.

ރައީސް މުހައްމަދު ނަޝީދަށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ އެންމެ އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރު ފެއިލް ވެފައިވަކަމަށްވެސް ދިޔާނާ މީގެކުރިން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ނަޝީދަށް އަމާޒުކޮށް މޭމަހުގެ 6 ވަނަ ދުވަހުގެރޭ ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއިން އެމަނިކުފާނުގެ ސަލާމަތްތެރިކަން ކަށަވަރު ނުކުރެވުނުކަން ހާމަވެފައިވާކަމަށް ދިޔާނާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މި ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއިން ކުރިއަށް ގެންދިޔަ އިންކުއަރީއަށްފަހު އެކުލަވައިލި ރިޕޯޓުގައި ވަރަށް ގިނަ ކަންކަން ފާގަހަކޮށްފައި ވެއެވެ. އޭގެ ތެރޭގައި ބައެއް އިސް ފަރާތްތަކުގެ އިހުމާލުތައްވެސް ވަނީ ފާހަގަކޮށްފަ އެވެ.

މި ރިޕޯޓުގައި އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ރައީސް ނަޝީދު އުޅުއްވާ ވަގުތުތަކާއި ނޫޅުއްވާ ވަގުތުގައިވެސް އެ މަނިކުފާނުގެ ގެކޮޅުގެ ސެކިއުރިޓީ ކޮންޓްރޯލްކޮށް، ހަތިޔާރާއެކު 24 ގަޑި އިރު ފޯރިމެރުމާއި، ހަމާލާއާއި ގުޅޭ ކަންކަމުގައި އިހުމާލުވި މީހުންނާއި ޒިންމާ އަދާނުކުރި ފަރާތްތައް ވަކިކޮށް ފިޔަވަޅުއެޅުމާއި، ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އޮފިސަރުން އަަހަރަކު އެއް ފަހަރު އެމީހުންގެ މައްސަޢޫލިއްޔަތު އަދާކުރެވޭ ފެންވަރުހުރިތޯ ދެނެގަތުމާއި، އިންޓެލިޖެންސާ ބެހޭ އެކްޓެއް ނުވަތަ ޚާއްސަ ގާނޫނެއް އެކުލަވާލުން ހިމެނެއެވެ.

ހަމައެހެންމެ ޤައުމީ ސަލާމަތާ ބެހޭ ކަންކަމުގައި ސިފައިންނާއި ފުލުހުންނާ މަޝްވަރާކޮށް، ރައީސަށް ލަފާދޭ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރެއް ހަމަޖެއްސުމަށާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުމުގައި ބައިވެރިވާ މީހުންގެ މައުލޫމާތު ހިމެނޭ ޑާޓާ ބޭސްއެއް ގާއިމްކުރުމަށްވެސް މި ރިޕޯޓުގައި ހުށަހަޅާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ