ރާއްޖެއިން ކޯވިޑް-19އަށް މިއަދު އިތުރު 80 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރުއަލަށް ޕޮޒިޓިވްވި 80 މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 16 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 56 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 08 މީހުންނެވެ.
އަލަށް މި ބައްޔަށް ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ޖުމްލަ 75،816 މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.
އެކްޓިވް ކޭސްތަކުގެ ޢަދަދު މިހާރު ހުރީ 2،516 ގައި އެވެ. ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން މިހާރު އަންނަނީ 23 މީހަކަށެވެ.
ފާއިތުވި 24 ގަޑީރުތެރޭ މި ބަލިން 239 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އެއާއެކު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 73،072 އަށް އަރާފައެވެ.
ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 6،928 ސާމްޕަލް ވަނީ ޓެސްޓުކޮށްފަ އެވެ.
މިހާތަނަށް ރާއްޖޭގައި ކޯވިޑް ބަލި ޖެހިގެން ނިޔާވީ މީހުންގެ އަދަދު ވަނީ 216އަށް އަރާފަ އެވެ. މީގެތެރޭގައި ހިމެނެނީ 198 ދިވެހިންނާ 18 ބިދޭސީންނެވެ.