ޔުނައިޓެޑް ޗެލްސީ އެއްވަރުވެ، ލިވަޕޫލްއަށް ހަނިމޮޅެއް

ޔުނައިޓެޑް ޗެލްސީ އެއްވަރުވެ، ލިވަޕޫލްއަށް ހަނިމޮޅެއް

Author
އިބްރާހީމް ސާޢިދު
25 އޮކްޓޯބަރ 2020 10:14
0

އިނގިރޭސި ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާ ޗެލްސީ ކުޅުނު މެޗް އެއްވަރުވިއިރު ލިވަޕޫލުން ލީގުގައި ހަނިމޮޅެއް ހޯދާފިއެވެ.

ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީ ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މިމެޗުގައި ޔުނައިޑެޓާ އަލަށް ގުޅުނު އެންޑެސަން ކަވާނީ ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ކުޅެން ނުކުމެފައެވެ.

މިއީ ލަންޕާޑްގެ ކޯޗުކަމުގައި 66 މެޗަށް ފަހު ލަނޑެއް ނުޖެހި ޗެލްސީ އެއްވަރުވި ދެވަނަ މެޗެވެ. އެންމެފަހުން ލީގުގައި ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު ފަސްމެޗުންވެސް އެޓީމަށް ވަނީ މޮޅެއް ލިބޭގޮތް ނުވެފައެވެ. މިއީ 2004 ވަނަ އަހަރު ޗެލްސީގެ ކީޕަރު ޗެކް ގޯލު ބެލެހެއްޓިފަހުން ފުރަތަމަ ދެމެޗުގައި އާ ކީޕަރު އެޑުވާޑް މެންޑީ ލަނޑެއް ވަދައްދާނުލާ ނިންމާލި ފުރަތަމަ ފަހަރުވެސްމެއެވެ.

ލީގުގައި ރޭ އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް ވަނީ ޝެފީލްޑް ޔުނައިޓެޑުގައި މައްޗަށް 2-1 ލަނޑުން ކުރި ހޯދާފައެވެ. ފުރަތަމަ ހާފްގައި ލިބު ޕެނެލްޓީއަކުން ސެންޑާ ބާޖޭ ޝެފީލްޑަށް ލީޑު ނަގައިދީފަ ވަނިކޮށް ލިވަޕޫލްއިން ނަތިޖާ ހަމަހަމަކުރީ ފުރަތަމަހާފް ނިމެން ހަތަރު މިނިޓަށް ވެފައިނިކޮށް ރޮބާޓޯ ފްރިމީނޯއެވެ. މެޗުގެ ދެވަނަ ހާފްގައި ލިވަޕޫލްގެ ސަލާހު ލަނޑެއް ޖެހި ނަމަވެސް އޭނާ އޮފްސައިޑުގައި ހުރުމުން ވީއޭއާރް އިން ވަނީ އެލަނޑު ބަލައި ނުގަނެފައެވެ. މެޗުގައި ލިވަޕޫލް މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ޑިއެގޯ ޖޮޓާއެވެ.

ލީގުގައި ކްރިސްޓަލް ޕެލެސް ވަނީ ވިލްފްރެޑް ޒަހާގެ މޮޅު ކުޅުމާއެކު ފުލަމް އަތުން މޮޅުވެ ތާވަލުގެ ކުރިޔަށް ޖެހިލާފައެވެ. ޕެލެސް މެޗު ކާމިޔާބު ކުރީ 2-1 ލަނޑުންނެވެ. މިމެޗުގައި ފަހުކޮޅު ފުލަމްގެ އަބޫބަކުރު ކަމާރާ ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މިނަތީޖާއެކު ލިވަޕޫލް 13 ޕޮއިންޓާއެކު ތާވަލުގެ ދެވަނައގަ އޮތްއިރު ޗެލްސީ އޮތީ 9 ޕޮއިންޓާއެކު ތާވަލުގ ހަވަނައިގައެވެ. ސިޓީ އަށްޕޮއިންޓާއެކު 12 ވަނައިގަ އޮތްއިރު ޔުނައިޓެޑު 7 ޕޮއިންޓާއެކު ތާވަލުގެ 15 ވަނައިގައެވެ. ޕެލެސްވަނީ ހޯދި މޮޅާއެކު 10 ޕޮއިންޓް ހޯދައިގެން ތާވަލުގެ ފަސްވަނައަށް ކުރިޔަށް ޖެހިލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.