ވަގު ބުކިންތަކެއްގައި އެތެރެވާން މަސައްކަތްކުރި 200 އަށްވުރެ ގިނަމީހުން ހިފަހައްޓައިފި

ވަގު ބުކިންތަކެއްގައި އެތެރެވާން މަސައްކަތްކުރި 200 އަށްވުރެ ގިނަމީހުން ހިފަހައްޓައިފި

Author
މުޙައްމަދު ޝަޒައިމް
16 ޖުލައި 2021 05:25
0

ރާއްޖޭގެ އެކި ހޮޓެލްތަކުގެ ނަމުގައި "ވަގު" ބުކިންތަކެއް ހައްދައިގެން 248 މީހަކު ރާއްޖެ އެތެރެވާން އުޅެނިކޮށް ހިފަހައްޓައިފިއެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު ހަނަފީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މީހުން އެތެރެވާން އުޅުނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެހެންނަމަވެސް އެ މީހުންނަށް ރާއްޖެ އެތެރެވުމުގެ ކުރިން އެކަން އިމިގްރޭޝަންގެ "ހުށިޔާރު" އޮފިސަރުން އެމީހުން ހިފަހައްޓާފައިވާ ކަމަށެވެ. ހަނަފީ ވިދާޅުވީ މިއީ އިމިގްރޭޝަން އޮފިސަރުންގެ ހުށިޔާރު ކަމާއިއެކު ކާމިޔާބުވި ކަމެއްކަމަށެވެ. އަދި އިމިގްރޭޝަނުން ތިބޭނީ ރާއްޖޭގެ ބޯޑަރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަބަދުވެސް ތައްޔާރަށް ކަމުގައި އޭނާ ވިދާޅުވިއެވެ.

އެ މީހުން ހިފެހެއްޓި ނަމަވެސް މިހާރު އެމީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެއެވެ. އަދި ރާއްޖެ އެތެރެވާން މަސައްކަތް ކުރި މީހުންނަކީ ކޮންކޮން ގައުމުތަކެއްގެ ބަޔަކު ކަމެއްވެސް ހަނަފީ ހާމައެއް ނުކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަގު ބުކިންގައި އެތެރެވާން މަސައްކަތް ކުރި އެންމެން ވަނީ ރޭ ދަންވަރުގެ ފްލައިޓަކުން އެބުރި ފޮނުވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގަސްމާ
ތިޔައީ އާންމު.ކަމެއް. ބުކިން ހެއްދިތޯ ބެލޭނެގޮތެއް އިމިގްރޭޝަން އަތުގައި ނެތީމާ ދެން ދުވާލަކު 4000 މީހުން ބުކިން ޗެކުކުރުމަކީ ބާލިދީ އެއަރޕޯރޓްގައި ޓެކްނޮލޮޖީ ނެތި ކުރަން އުޅޭ މޮޔަކަމެެއް.
ދ ދުރު
ތިގޮތަށް އަތުނުވެ ކިތައްމީހުން އެތެރެވެފައިވާނެބާ! ތިހާ ގިނަބަޔަކު ތިގޮތަށް އެތެރެވާން އުޅޭނީ ތިކަމުގެ ފަސޭކަން އެނގޭތީ. މިފަހަރު އަތުވީ ކަމަަަށް ބެލެވެނީ