ކޯވިޑް 19އަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

ކޯވިޑް 19އަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

ކޯވިޑް-19އަށް ޕޮޒިޓިވް ވެގެން ފަރުވާދެމުން ގެންދިޔަ ދިވެހި ފިރިހެނެއް ނިޔާވެއްޖެ އެވެ.

ކޯވިޑް ބަލީގައި މިރޭ ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންގެންދިޔަ ދިވެހި ފިރިހެނެކެވެ. ނަމަވެސް އެމީހާގެ އިތުރު މަޢުލޫމާތެއް އެޗްޕީއޭއިން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މިއާއެކު މިހާތަނަށް ރާއްޖޭގައި ކޯވިޑް ބަލި ޖެހިގެން ނިޔާވީ މީހުންގެ އަދަދު ވަނީ 216އަށް އަރާފަ އެވެ. މީގެތެރޭގައި ހިމެނެނީ 197 ދިވެހިންނާ 18 ބިދޭސީންނެވެ.

ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު ދައްވުމާއި އެކު ކޯވިޑް ބަލީގައި ނިޔާވާމީހުންގެ އަދަދުވެސް މިވަނީ ބޮޑުތަނުން ދަށްވެފަ އެވެ.

ފާއިތުވި 24 ގަޑީރުގެ ތެރޭގައި ރާއްޖެއިން އަލަށް މިބައްޔަށް 217 މީހުން ޕޮޒިޓިވްވީ ނަމަވެސް މީގެތެރޭގައި ގިނައީ އަތޮޅުތެރޭގެ އެކިއެކި ރަށްރަށުން ޕޮޒިޓިވްވީ މީހުންނާއި ރިސޯޓް ތަރައްޤީކުރަމުންގެންދާ ރަށްރަށުން ޕޮޒިޓިވްވީ މީހުންނެވެ. އެގޮތުން އަތޮޅުތަކުގެ ރަށްރަށުން 88 މީހުންނާއި ތަރައްޤީކުރަމުންދާ ރަށްރަށުން 92 މީހުން ފާއިތުވި 24 ގަޑީރުތެރޭ ވަނީ ޕޮޒިޓިވް ވެފައެވެ. މާލެ ސަރަހައްދުން ޕޮޒިޓިވްވީ 31 މީހެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *