ކޯވިޑްގައި ރާއްޖެއިން ނިޔާވީ މީހުންގެ އަދަދު 215 އަށް

ކޯވިޑްގައި ރާއްޖެއިން ނިޔާވީ މީހުންގެ އަދަދު 215 އަށް

Author
ޢަލީ އާދަމް
14 ޖުލައި 2021 11:15
0

ކޯވިޑް-19އަށް ޕޮޒިޓިވް ވެގެން ފަރުވާދެމުން ގެންދިޔަ ދިވެހި ފިރިހެނެއް ނިޔާވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިރޭ ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންގެންދިޔަ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ނިޔާވީ މިރޭ 7:58 އެހާއިރު ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މިއާއެކު މިހާތަނަށް ރާއްޖޭގައި ކޯވިޑް ބަލި ޖެހިގެން ނިޔާވީ މީހުންގެ އަދަދު ވަނީ 215އަށް އަރާފަ އެވެ. މީގެތެރޭގައި ހިމެނެނީ 197 ދިވެހިންނާ 18 ބިދޭސީންނެވެ.

ކޯވިޑް ބަލީގައި މީހަކު ނިޔާނުވެ 10 ވަރަކަށް ދުވަސް ފަހުން، އެންމެފަހުން ރާއްޖެއިން މި ބަލީގައި ނިޔާވީ އާދީއްތަ ދުވަހުގެ ދަންވަރު ނިޔާވީ 59 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ ނިޔާވި އިރު ފަރުވާދެމުން ގެންދިޔައީ ށ. ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގަ އެވެ.

ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު ދައްވުމާއި އެކު ކޯވިޑް ބަލީގައި ނިޔާވާމީހުންގެ އަދަދުވެސް މިވަނީ ބޮޑުތަނުން ދައްވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.