ހިޔާ ފްލެޓުގެ ތަޅުދަނޑި މިއަދު 118 ފަރާތަކަށް ދޫކުރަނީ

ހިޔާ ފްލެޓުގެ ތަޅުދަނޑި މިއަދު 118 ފަރާތަކަށް ދޫކުރަނީ

Author
މުޙައްމަދު ޝަޒައިމް
14 ޖުލައި 2021 09:46
0

ހިޔާ ފްލެޓްތަކުގެ އެގްރީމެންޓްތަކުގައި މިއަދު ސޮއިކުރަން ފަށާފައިވާއިރު، މިއަދު 118 މީހަކު އެގްރިމަންޓުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެޗްޑީސީން ބުނެފައިވަނީ މިއަދު ހެނދު 9:45 އިން 12:00 މާއި ހަމައަށް އެގްރިމަންޓް ތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާއިރު، މިއަދު އިއުލާން ކުރީ ޓަވަރު H9 އިން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރެއިން 118 ފަރާތެކެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް ތާވަލު ކުރެވިފައިވަނީ އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން ބޭނުންވާ މަޢުލޫމާތު، ފޯމު ނަންބަރު: HF1 (ފުލެޓު ލިބިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ފޯމު) އަދި ފޯމު ނަންބަރު: HF2 (ފުލެޓުގެ ވެރިފަރާތުގެ ބަދަލުގައި އެއްބަސްވުމުގެ ޒިންމާ އަދާކުރާނެ ފަރާތް ހަމަޖެއްސުން) ފުރިހަމަކޮށް، އެޗްޑީސީއަށް ހުށަހަޅާފައިވާ ފަރާތްތަކަށެވެ.

ހިޔާ ފްލެޓްތަކުގެ އެގްރީމެންޓްތަކުގައި ސޮއިކުރާ ދުވަހު ފްލެޓްތަކުގެ ވެރި ފަރާތަށް ތަޅުދަނޑި ޙަވާލުކުރާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިއަދު އެގްރިމަންޓްގައި ސޮއިކުރާ ފަރާތްތަކަށް ތަޅުދަނޑި ހަވާލު ކުރެވިގެންދާނެއެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

1. ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރާ ފަރާތުގެ އިތުރުން ހެކިވެރިއަކު ގެންނަންވާނެ، އަދި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ އައި.ޑީ.ކާޑުގެ ދެފުށް ފެންނަ ސާފުކޮޕީއެއް ގެންނަން ވާނެ.
2. ވެރިފަރާތުގެ ބަދަލުގައި ސޮއިކުރަން "ޕަވަރ އޮފް އެޓަރނީ" އެހެން ފަރާތަކަށް ދެވިފައިވާނަމަ، އެފަރާތުގެ އިތުރުން ހެކިވެރިއަކާއިއެކު ހާޒިރުވުން.
3. ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާއިރު، ކޮވިޑްގެ ޙާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ގަލަން (ދެލި ނުފޭދޭ، ނޫކުލައިގެ) އަދި އިނގިލީގެ ނިޝާން ޖަހަން ބޭނުން ކުރާ "އިންކް ޕެޑް" އަމިއްލައަށް ގެންދިއުމަށް އެޗްޑީސީ އިން އެދޭ.
4. ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ގިނަފަރާތްތަކަކަށް ތާވަލު ކުރެވިފައިވާތީ، އެއްބަސްވުން ސޮއިކުރުމަށް ހަމަޖެހިފައިވާ ހޯލަށް ވަނުމަށާއި ފުލެޓާއި ހަވާލުވުމަށް ފުރުޞަތު ދެވޭނީ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކުގެ އިތުރުން ހެކިވެރިއެއްގެ ގޮތުގައި ސޮއި ކުރާ ފަރާތަށް އެކަނި.

އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހުޅުމާލެގައި ހުންނަ ހުރަވީ ސްކޫލު ހޯލްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.