ކޯވިޑަށް ޕޮޒިޓިވް އަދަދު އަނެއްކާވެސް 100 އިން މައްޗަށް!

ކޯވިޑަށް ޕޮޒިޓިވް އަދަދު އަނެއްކާވެސް 100 އިން މައްޗަށް!

ރާއްޖެއިން ކޯވިޑް-19އަށް އިތުރު 170 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރުއަލަށް ޕޮޒިޓިވްވި 178 މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 19 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 78 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 07 މީހުންނާއި، ތަރައްޤީކުރަމުންދާ ރަށްރަށުން ޕޮޒިޓިވްވި 60 މީހުންނާއި، އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށްރަށުން ޕޮޒިޓިވްވި 05 މީހުންނާއި، ސަފާރީއަކުން ޕޮޒިޓިވްވީ މީހެކެވެ.

އަލަށް މި ބައްޔަށް ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ޖުމްލަ 75،332 މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

އެކްޓިވް ކޭސްތަކުގެ ޢަދަދު މިހާރު ހުރީ 2،537 ގައި އެވެ. ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން މިހާރު އަންނަނީ 17 މީހަކަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 130 މީހެކެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 72،569 އަށް އިތުރުވެފަ އެވެ.

ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 6،750 ސާމްޕަލް ވަނީ ޓެސްޓުކޮށްފަ އެވެ.

މިހާތަނަށް ރާއްޖޭގައި ކޯވިޑް ބަލި ޖެހިގެން ނިޔާވީ މީހުންގެ އަދަދު ވަނީ 214އަށް އަރާފަ އެވެ. މީގެތެރޭގައި ހިމެނެނީ 196 ދިވެހިންނާ 18 ބިދޭސީންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *