ޑިޖިޓަލް ޕްލެޓްފޯމް ޑިޒްނީ ޕްލަސް ހޮޓްސްޓާއިން އަންނަ މަހުގެ 13 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އަޖޭ ދޭވްގަން ގެ "ބުޖް: ދަ ޕްރައިޑް އޮފް އިންޑިއާ"ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމަކީ ޑިޖިޓަލް ކޮށް ޕްރިމިއާ ކުރާ އަޖޭގެ ފުރަތަމަ ފިލްމެވެ. ފިލްމުގެ މުހިންމު ރޯލުތަކުން ސޮނާކްޝީ ސިންހާ، ސަންޖޭ ދަތު އަދި ނޯރާ ފަތޭހީ ފެނިގެން ދާނެއެވެ.
ބުޖް އަކީ 1971 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގި ހަނގުރާމައިގެ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުގައި އަޖޭ ކުޅެފައި ވަނީ އެ ހަނގުރާމައިގެ ބަތަލެއް ކަމަށްވާ ސްކޮޑްރަން ލީޑަރ ވިޖޭ ކުމާރު ކަރްނިކްގެ ރޯލެވެ.
މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ މި ފިލްމުގެ އެއް ޕްރޮޑިއުސަރު އަބިޝޭކް ދުދައްޔަ އެވެ.
ކޮމެންޓު ފޮނުވާ