އިންސްޓަގްރާމްގައި އެންމެ ގިނަ މީހުން ފޮލޯކުރާ ބޮލީވުޑްގެ ލަވަކިޔުންތެރިއަކަށް ނޭހާ!

އިންސްޓަގްރާމްގައި އެންމެ ގިނަ މީހުން ފޮލޯކުރާ ބޮލީވުޑްގެ ލަވަކިޔުންތެރިއަކަށް ނޭހާ!

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

އިންސްޓަގްރާމްގައި އެންމެ ގިނަ މީހުން ފޮލޯކުރާ ބޮލީވުޑް ލަވަކިޔުންތެރިއަކަށް ނޭހާ ކައްކަރު ވެއްޖެއެވެ.

ނޭހާ ގެ ފޮލޯވާރސް 60 މިލިއަނަށް އެރުމުގެ އުފަލުގައި އޭނާ ވަނީ ވީޑީއޯއެއް ހިއްސާކޮށްފަ އެވެ. "60 މިލިއަން ޕިޔާރް" ޖެހުމަށްފަހު ޕޯސްޓުކޮށްފައިވާ މި ވީޑިއޯގައި ނޭހާ ވަނީ މި އުފާ ފާހަގަކުރުމުގެ ގޮތުން ކޭކެއް ފަޅާފަ އެވެ. މި ޕޯސްޓުގައި އިތުރަށް ނޭހާ ބުނެފައިވަނީ ފޭނުންނެތްނަމަ ނޭހާ ނުވީސްކަމަށެވެ. އަދި އޭނާ ވަނީ ސަޕޯޓަރުން ދެމުންދާ ލޮތްބަށް ޝުކުރު އަދާކޮށްފަ އެވެ.

ވަރަށްވެސް ކެޝުއަލް، ކަޅުކުލައިގެ ހެދުމެއްގައި ނޭހާގެ ދެމަފިރިން މި ވީޑިއޯއިން ފެނިގެން ދިއައިރު ނޭހާ ހުރީ ވަރަށް އުފަލުންނެވެ.

ލަވަކިއުމުގެ ދާއިރާއިން އާންމުކޮށް މީހުންނަށް ނޭހާ އެނގެންފެށީ ސިންގިން ރިއަލިޓީ ސޯވ "އިންޑިއަލް އައިޑަލް"ގެ ދެވަނަ ސީޒަންގައި އޭނާ ބައިވެރިވުމުންނެވެ. ނަމަވެސް 2006 ވަނަ އަހަރު އުމުރުން 18 އަހަރުގައި އޭނާއަށް އައިޑަލް ޝޯވ އިން މާކުރިއަކަށް ނުދެވުނެވެ. އެހެންނަމަވެސް ނޭހާ އަކީ މިހާރު އެ ޝޯވގެ އެއް ޖަޖެވެ.

ނޭހާގެ މަގުބޫލު ލަވަތަކުގެ ތެރޭގައި "މިލޭހެ ހަމް ތުމް" "ކާލާ ޗަޝްމާ" "މޭ ތެރާ ބޯއިފްރެންޑް" ފަދަ ލަވަތަށް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.