ހުޅުމާލޭ ފޭސް 2 އިން ބިދޭސީންތަކެއް ދިރިއުޅޭ ތަނަކުން 72 ބިދޭސީއެއް ޕޮޒިޓިވްވެފައިވާކަަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.
އެސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ޑރ.ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ، ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލޭ ދެވަނަ ފޭސް އިން 72 ބިދޭސީން ޕޮޒިޓިވްވެފައިވާއިރު އެތަން ކޮންޓެއިންކުރެވިފައިވާކަމަށެވެ. ޑޮކްޓަރ ނަޒްލާ ވިދާޅުވީ އެތަނުން ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސްކޮށް 60 ރޭންޑަމް ސާމްޕަލް ނަގާފައިވާކަމަށެވެ. އޭގެތެރެއިން 32 މީހެއް މިމަހުގެ 21 ވަނަ ދުވަހު ޕޮޒިޓިވްވެފައިވާކަމަށާއި، 4 މީހެއް މިމަހުގެ 23 ވަނަ ދުވަހު ޕޮޒިޓިވްވެފައިވާކަަށް ޑރ.ނަޒްލާ ވިދާޅުވިއެވެ، އަދި މިއަދު އިތުރު 2 މީހަކު އެތަނުން ޕޮޒިޓިވްވެފައިވާކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ.
މިއީ ފަހުގެ ތާރީޚެއްގައި އެއްތަނަކުން މިހާ ގިނަ ބިދޭސީން ކޯވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. މީގެކުރިން ރާއްޖޭގައި އެންމެ ފުރަތަމަ ކޯވިޑް ފެތުރެން ފެށިއިރު އެއްތަނެއްގައި ދިރިއުޅޭ ބިދޭސީން ގިނަ ޢަދަދަކަށް ޕޮޒިޓިވްވެފައިވެއެވެ.
ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި 11،421 މީހުންގެ ތެރެއިން 4،113 މީހުންނަކީ ބިދޭސީންނެވެ.
ކޮމެންޓު ފޮނުވާ