ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު ގޯސްވުމާއި ގުޅިގެން ޖަލުގައިތިބި ހައިރިސްކު ގައިދީން ގެއަށް ބަދަލު ކުރުމަށްފަހު އަނބުރައި ޖަލަށް ގެންދިއުމަށް އަދި ވަކި ގޮތެއް ނިންމާފައި ނުވާކަމަށް ކަރެކްޝަނުން ބުނެފިއެވެ.
ކަރެކްޝަންގެ މީޑިއާ އޮފިސަރު ވިދާޅުވީ ކޯވިޑް-19ގެ ހާލަތު ރާއްޖޭގައި ގޯސްވެ ޖަލުތަކުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން ގެއަށް ބަދަލުކޮށްފައިވާ ހައިރިސް ގައިދީން އަނބުރާ ޖަލަށް ބަދަލު ކުރުމަށް އަދި ވަކި ގޮތެއް ނިންމާފައި ނުވާކަމަށެވެ.
ނަމަވެސް ކޯވިޑް-19ގެ ގޯސްވި ހާލަތަކު މިހާރު މަޑުމަޑުން ރަނގަޅުވެ ޖަލުތަކުގައިވެސް ޕޮޒިޓިވް ކޭސްތައް މަދުވުމުން ގައިދީން އަނބުރާ ޖަލަށް ގެންދިއުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވެމުންދާކަމަށެވެ. ނަމަވެސް ޖަލަށް ގައިދީން ބަދަލު ކުރުމަށް އަދި ވަކި ތާރީހެއް ކަނޑައަޅާފައި ނުވާކަމަށެވެ. ގައިދީން އަނބުރައި ޖަލަށް ބަދަލުކުރާއިދު، ކޯވިޑާއި ގުޅިގެން ގެއަށް ބަދަލުކުރުވުނު ހުރިހާ ގައިދީންވެސް ޖަލަށް ބަދަލު ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ކޯވިޑް-19އާ ގުޅިގެން ޖަލުތަކުގައި ތިބި ޤާއިދީންގެ ތެރެއިންވެސް ބައެއް މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި ޖަލު ބަލަހައްޓާ ބައެއް އޮފިސަރުންވެސް ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއާއެކު ޖަލުތަގައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުދަކޮށް، ޖަލުގައިތިބި ހައިރިސްމީހުން ވަނީ ވަގުތީ ގޮތުން ގެއަށް ބަދަލުކޮށްފައެވެ. ގެއަށް ބަދަލު ކުރި މީހުންގެ ތެރޭގައި 5އަހަރުދުވަހުގެ ޖަލު ޙުކުމެއް ތަންފިޒުކުރައްވަމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންވެސް ހިމެނެއެވެ.