ބަންގްލަދޭޝްގެ ރުޕްގަންޖްގެ ބުލްތާގައި ހުރި ފުޑް އެންޑް ބެވަރެޖް ފެކްޓްރީއެއްގައި ހިނގި އަލިފާނުގެ ޙާދިސާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު، ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އޭ.ކޭ. އަބްދުލް މޮމެން އަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރ ޝާޙިދުގެ މެސެޖްގައި އަލިފާނުގެ ޙާދިސާގައި ފަންސާހަށްވުރެ ގިނަ މީހުން މަރުވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވިއެވެ. އަދި މަރުވި މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރާ ރައްޔިތުންގެ ނަމުގައި ތައުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންނެނެވިއެވެ.
ބަންގްލަދޭޝްގެ ފެކްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 43 މީހަކު ވަނީ މަރުވެފައެވެ. މި އަލިފާނުގެ ހާދިސާގައި ފެކްޓްރީގައި އަލިފާން ރޯވެފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ.
އަލިފާން ރޯވުމުގެ ހާދިސާތަކަކީ ބަންގްލަދޭޝްގައި އާންމުކޮށް ހިނގަމުން އަންނަ ކަމެކެވެ. އެގޮތުން 2019 ވަނަ އަހަރު ދާކާގެ އެޕާޓްމެންޓް ބްލޮކްތަކެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 70 މީހުންވަނީ މަރުވެފައެވެ.
ކޮމެންޓު ފޮނުވާ