ގްރީން ޕްރޮޖެކްޓްގެ ސަބަބުން ސައުދީ ވެރިރަށް ރިޔާދުގެ ފިނުހޫނު މިން 1 ނުވަތަ 2 ޑިގްރީ ދަށް ވެގެން ދާނެކަމަށް ބެލެވޭ

ސައުދީ ވެރި ރަށް ރިޔާދު ފެހި ކުރުމުގެ ގޮތުން 7.5 މިލިއަން ގަސް އިންދަނީ

ސައުދީ ވެރި ރަށް ރިޔާދު ފެހި ކުރުމުގެ ގޮތުން 7.5 މިލިއަން ގަސް އިންދަނީ

ސައުދީ ވެރިރަށަކީ، ތިމާވެއްޓާ ރައްޓެހި، އަދި ފެހިކަން ގަދަ ސިޓީއަކަށް ހެދުމުގެ ގޮތުން އެކުލަވާލެވިފައިވާ "ގްރީން ރިޔާދު" ޕްރޮޖެކްޓުގެ ދަށުށް 2030 އާއި ހަމައަށް އެސިޓީގައި 7.5 މިލިއަން ގަސް އިންދުމަށް ހަމަޖެހިފައިވާ ކަމަށް، މި ޕްރޮޖެކްޓުގެ ކޯޑިނޭޓަރ އަބުދުލް އަޒީޒް އަލް-މޮޤްބެލް ވިދާޅު ވެއްޖެއެވެ.

އަދި މި ޕްރޮޖެކްޓްގެ ދަށުން 3،000 އަށްވުރެ ގިނަ، ޕާރކްތައް ހެދުމަށް ހަމަޖެހިފައި ވާއިރު، މި ޕްރޮޖެކްޓް ކޯޑިނޭޓަރ ވިދާޅުވި ގޮތުގައި، ޕްރޮޖެކްޓުން ހަމައެކަނި ލިބޭނެ ފައިދާއަކީ، ރިޔާދުގެ ޖައްވުގައި ވައި ސާފުކޮށްދީ، އަދި ޖައްވު ނުސާފުވުމުން ސަލާމަތްވުން ނޫން ކަމަށާއި، މީގެ އިތުރުން މި ޕްރޮޖެކްޓުގެ ސަބަބުން، މަގުތަކުގެ ދުވާރުމަތީގައި ހިގާ މީހުންނަށް ހިޔާކަންވެސް ވަރަށް ބޮޑަށް ލިބިގެން ދާނެކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ކަމުގެ ތަޖުރިބާކާރުންގެ ލަފާގެމަތިން، މި ޕްރޮޖެކްޓުގެ ދަށުން އެންމެ ގިނައިން އިންދުމަށް ހަމަޖެހިފައި ވަނީ، އެކާސިއާ ނަމަކަށްކިޔާ ބާވަތުގެ ގަސްތައް ކަމަށެވެ. މިގަސްތައް އިންދުމަށް ގަސްތު ކުރެވިފައިވަނީ، މި ގަސްތަކަކީ، ސައުދީ އޮންނަ ސަރަހައްދުގައި މައިގަޑުކޮށް އޮންނަ، ވައިގެ ތެތްކަން ކުޑަ މޫސުމުގައި ރަގަަޅަށް ހެދޭ އަދި ގިނަ ދުވަހަށް ހުންނަ ގަހަކަށް ވާތީއެވެ. އަދި މިހާރުވެސް، ހެދި ބޮޑުނުވާ ގަސްތަކުގެ ބަދަލުގައި އިންދާނެ ގަސްތައް މިހާރުވެސް ނާސަރީތަކުގައި ވަނީ ހައްދަން ފަށާފައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ޕްރޮޖެކްޓުގެ ދަށުން ަހއްދާ ގަސްތަކަށް ފެންދިނުމަށްޓަކާ ކޮންމެ ދުވަހަކުވެސް އެއް އަކަ މީޓަރަށްވުރެ ގިނަ ފެން ބޭނުން ކުރެވޭއިރު، ބިމު އަޑީގައި ހެދިފައިވާ ނިޒާމެއްގެ ތެރެއިން، ބޭނުން ކޮފައި ފުރޭނިގެންދާ ފެން ރީސައިކްލް ކޮށް އަލުން ބޭނުންކުރާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

އަލް-މޮޤްބެލް އަންދާޒާ ކުރާ ގޮތުގައި، ގްރީން ޕްރޮޖެކްޓުގެ ސަބަބުން، ސައުދީ ވެރިރަށް ރިޔާދުގެ ފިނުހޫނުމިން އެކެއް ނވަތަ ދެ ޑިގްރީ ސެލްސިއަސްއަށް ތިރިވެގެން ދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *