ދިވެހި ކީޕަރުންނަށް އިސްކަންދޭން ޖެހޭ: އިމްރާން

ދިވެހި ކީޕަރުންނަށް އިސްކަންދޭން ޖެހޭ: އިމްރާން

ގުޅުންހުރި

ލީގުގެ ކޮންމެ ކުލަބަކުންވެސް ވަކި ވަރަކަށް ވަގުތު ދީގެން ދިވެހި ގޯލްކީޕަރެއް ބޭނުންކުރަންޖެހޭ ގޮތަށް އޮތުން މުހިންމު ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު ޓްރޭނަރުގެ އެސިސްޓަންޓް އިމްރާން މުޙައްމަދު ބުނެފިއެވެ.

ދިވެހި ކީއްޕަރުންނަށް ފުރުސަތު ދިނުމާއި ގުޅޭގޮތުން އިމްރާން ކުރި ޓްވީޓެއްގައި ބުނީ މި ހާލަތުގައި ލީގުގެ ކޮންމެ ކުލަބަކުންވެސް ވަކި ވަރަކަށް ވަގުތު ދީގެން ދިވެހި ގޯލްކީޕަރެއް ބޭނުންކުރަންޖެހޭ ގޮތަށް އޮތުން މުހިއްމު ކަމަށް ދެކޭ ކަމަށެވެ. އަދި ވާދަވެރި މެޗުތަކެއް ދިވެހި ގޯލްކީޕަރުންނަށް ލިބިގެން ނޫނީ ރަނގަޅު ފެންވަރުގެ ގޯލްކީޕަރުންތަކެއް އުފެދުމަކީ ދުރުކަމެއް ކަމަށްވެސް އިމްރާން ވަނީ ބުނެފައެވެ.

އެފްއޭއެމުން ވަނީ ކުރިން ބަދަލު ގެނައި ނިންމުން ބަދަލުކޮށް، ކުރިއަށް އޮތް ސީޒަނުގައި ބިދޭސީ ގޯލްކީޕަރުން ބޭނުންކުރެވޭ ގޮތަށް ވަގުތީ ހުއްދައެއް ދީފައެވެ. މީގެ ކުރިން ދިވެހި ގޯލްކީޕަރުންނަށް ފުރުސަތުތައް އިތުރު ކުރުމުގެ ގޮތުން މި އަހަރުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ރާއްޖޭގެ ކުލަބްތުކަށް ބިދޭސީ ގޯލްކީޕަރުން ނުގެނެވޭ ގޮތަށް ހަދާފައެވެ.

މީގެ ކުރިން ރާއްޖޭގެ ޓީމުތަކަށް ގިނަ ބިދޭސީ ގޯލްކީޕަރުން ގެނައުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އިމްރާން ބުނިއެވެ. އެހެންވެ އެކަން ބަދަލުކުރުމަށް ގިނަ ގޯލްކީޕަރުންތަކެއް އުފެއްދުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށްވެސް ބުނިއެވެ.

ގައުމީ ގުޓްބޯޅަ ޓީމަށް 17 އަހަރު ވަންދެން ކުޅުނު އިމްރާން ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *