ނިއުކުލިއަރ ބޮން އެޅުމުގެ ގާބިލްކަން ލިބިފައިވާ ބޯޓުތައް ހިމެނޭ އަސްކަރީ ތަމްރީންތަކެއް ރަޝިއާއިން ބާއްވައިފި

ނިއުކުލިއަރ ބޮން އެޅުމުގެ ގާބިލްކަން ލިބިފައިވާ ބޯޓުތައް ހިމެނޭ އަސްކަރީ ތަމްރީންތަކެއް ރަޝިއާއިން ބާއްވައިފި

Author
ހުސެއިން
09 ޖުލައި 2021 07:30
0

ނިއުކުލިއަރް ބޮން އެޅުމުގެ ގާބިލްކަން ލިބިފައިވާ، އަސްކަރީ މަތިންދާ ބޯޓުތައް ބޭނުންކޮށް، ރަޝިއާގެ އަސްކަރިއްޔާއިން އަސްކަރީ ތަމްރީންތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށް، ބުރާސްފަތި ދުވަހު އެގައުމުގެ އަސްކަރިއްޔައިން ބުނެފިއެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، އަސްކަރީ ހަމަލާ ދެވޭ ދުރުމިނުގައި، އާރްކްޓިކްގައިވާ އެގައުމުގެ، ތަމްރީންތަކުގައި ބޭނުން ކުރުމަށް ޚާއްސަ ކުރެވިފައިވާ އަމާޒުތަކަށް، ކުރޫޒް މިސައިލުން ހަމަލާ ދިނުމަށްޓަކާ ރަޝިއާގެ ވޮލްގާ ކޯރުގައި އޮންނަ ސަރަޓޯވް ރީޖަން ސަރަހައްދުގެ އެއަރ ބޭސްތަކުން Tu-160 އަދި Tu-95 ގެ ބޮންއަޅާ ބޯޓުތައް 4،000 ކިލޯ މީޓަރަށް (2،500) މޭލަށް އުދުހިފައިވާ ކަމަށެވެ.

އަސްކަރިޔާއިން ބުނެފައިވާ، މި ބޯޓުތަކުން ފޮނުވާލި މިސައިލްތައް އޭގެ އަމާޒަށް ވާސިލް ވެފައިވާ ކަމަށެވެ.

ތަމްރީންތަކުގައި ރަޝީއާއިން ބޭނުން ކޮށްގައިވާ TU-95 މަރުގާގެ، ނިއުކުލިއަރ ބޮން އެޅުމުގެ ގާބިލްކަން ލިބިފައިވާ ބޯޓު

މި ތަމްރީނުތަކުގައި، ރަޝިއާގެ، އެންމެ އިރުމަތީގައި ބޭނުންކުރަމުން އަންނަ Tu-95 މަރުކާގެ ބޮން އަޅާ ބޯޓުތައްވެސް ބޭނުން ކޮށްފައި ވެއެވެ.

ރަޝިއާއި ހުޅަގުގެ ގައުމުތަކާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވަމުން ދާއިރު، އަގައުމުންވަނީ، އަސްކަރިއްޔާއިން ބާއްވާ ތަމްރީންތަކުގެ އަދަދު އިތުރުކޮށް، އަދި ތަމްރީންތައް އިތުރަށް ފުޅާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.