ވެކްސިން ފުރިހަމަ ކުރުމަށްފަހު ކަރަންޓީން ނުވެ ދަތުރުކުރެވޭނެ ގޮތަށް ހަދައިފި

ވެކްސިން ފުރިހަމަ ކުރުމަށްފަހު ކަރަންޓީން ނުވެ ދަތުރުކުރެވޭނެ ގޮތަށް ހަދައިފި

ކޯވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތަކަށް، ކަރަންޓީނު ނުވެ ރަށަށްރަށަށް ދަތުރުކުރެވޭނެ ގޮތަށް އެޗްޕީއޭގެ އުސޫލަށް ބަދަލު ގެނެސްފި އެވެ.

ކޯވިޑް ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ދޭން ނިންމާފައިވާ ލުއިތަކާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ ކޯވިޑް ވެކްސިންގެ ދެޑޯޒް ޖެހުމަށްފަހު 14 ދުވަސް ހަމަކޮށްފައިވާ ފަރާތްތަކަށް ނެގެޓިވް ޕީސީއާރް ނަތީޖާއަކާއި އެކު މޮނިޓަރިންގައި ނެތް ރަށްރަށަށް ދަތުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އުސޫލު ކަނޑައަޅާފައި ވާކަމަށެވެ. ނެގެޓިވް ޕީސީއާރު ނަތީޖާއެއްގެ ގޮތުގައި ރެންޑަމް ސާމްޕަލްގެ ނަތީޖާވެސް ބަލައިގަންނަގޮތަށް ވަނީ ނިންމާފަ އެވެ.

އަލަށް އެކުލަވާލި އުސޫލާއެކު ޕޮޒިޓިވިޓީ ރޭޓް 5 އިންސައްތައަށްވުރެ ދަށުގައި ހުރިހާ ދުވަހަކު މިގޮތަށް ޢަމަލު ކުރުމަށް އުސޫލުގައި ހިމަނާފައި ވާކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި ޕޮޒިޓިވިޓީ ރޭޓް 5 އިންސައްތައާއި 10 އިންސައްތަ އާއި ދެމެދު ހުންނަނަމަ، ދަތުރުކުރާ ފަރާތްތަކުން 7 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށާއި އަދި 10 އިންސައްތައަށްވުރެ ރޭޓް މަތި ނަމަ ހަމަ މިހާރުވެސް އަމަލުކުރަމުން ދާ އުސޫލުން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އުސޫލުގައި ވާކަމަށް މަބްރޫކު ވިދާޅުވި އެވެ.

މީގެ އިތުން ރިސޯޓު މުވައްޒަފުންނަށް ވެސް ކަރަންޓީނުވުމަކާ ނުލައި ރަށަށް ދެވޭނެ ގޮތަށް އުސޫލު މިހާރު ވަނީ އެކުލަވާލާފަ އެވެ. އެގޮތުން މި އުސޫލުގެ ދަށުން ރިސޯޓުތަކުން މަހަކު އެއް ފަހަރު އެކްޓިވް ސަވައިލަންސްގެ ގޮތުގައި މަދުވެގެން މުވައްޒަފުންގެ 10 އިންސައްތައިގެ ސާމްޕަލް ނަގައި ޓެސްޓް ކުރަން ޖެހޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެގޮތަށް މުވައްޒަފުން ދަތުރުކުރެވޭނީ މޮނިޓަރިންގައި ނެތް ރިސޯޓުތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެ އިން މިހާތަނަށް 74،5985 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، މި ބަލީގައި 213 މީހަކު ވަނީ ނިޔާވެފައެވެ. އަދި މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން 25 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދާއިރު އައިސީޔޫގައި ފަރުވާދެމުން ގެންދަނީ އެންމެ މީހެއް ކަމަށް އެޗްއީއޯސީން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

3 Responses

  1. ފެބުރުއަރީމަހު ވެކްސިންގެ ފުރަތަ ޑޯޒް ޖެހުނު އޭގެ ފަހުން މިހުރީ 2 ޑޯޒެއް ޖެހޭނެ ކަމުގެ އުއްމީދުގައި.

  2. ކޮބާ ދެޑޯޒް ޖަހައިގެން މިހާރު 15 ދުވަހައް ކަރަންޓީން ވެފަ ތިބިމީހުންނަށް ލިބޭނެ ލުޔަކީ؟

Leave a Reply

Your email address will not be published. Required fields are marked *