ކަމަކުން ކުރިހޯދުމަށް އިސްކަންދޭންވީ، އަނެކުންގެ މަސްކެއުމަކަށް ނޫން: އުގައިލް

ކަމަކުން ކުރިހޯދުމަށް އިސްކަންދޭންވީ، އަނެކުންގެ މަސްކެއުމަކަށް ނޫން: އުގައިލް

Author
މުޙައްމަދު ޝަޒައިމް
05 ޖުލައި 2021 11:56
0

ތިމާ ކުރާ ކަމެއްގައި ހާސިލްކުރަން ބޭނުންވާ ދިމާލަކަށް ދިއުމަށް އަމާޒު ހިފަންވީ އަނެކުންގެ މަސްކައިގެން ނޫންކަމުގައި ޕްރެފެސަރ ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ އަށް އުފަން އުގައިލަކީ ސައިންސްގެ ރޮނގުން ޕްރޮފެސަރުކަން ހާސިލްކުރެއްވި ފުރަތަމަ ދިވެހި އިލްމުވެރިޔާ ވެސް މެ އެވެ. ހިސާބާއި ކޮމްޕިއުޓަރު ސައިންސްގެ ދާއިރާ އިން ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން އުގައިލް ގެންދަވަނީ އިލްމީ ގޮތުން ދިވެހިން ހޭލުންތެރިކުރުމަށް ތަފާތު ގމަސައްކަތް ހިލޭ ސާބަހަށް ވެސް ކުރައްވަމުންނެވެ.

އުގައިލް ދަނީ ފަހަކަށް އައިސް ޤައުމީ އެކި މައްސަލަތަކުގައި އޭނާގެ އަމިއްލަ ޚިޔާލު ފާޅުކޮށް، ރައްޔިތުންނަށް ހަމައަށް އެކަން ތިލަކޮށް ދެމުންނެވެ. މިކަމުގައި ބައެއް މީހުންގެ ފާޑުކިޔުން އުގައިލްއަށް އަމާޒުވެއެވެ. ނަމަވެސް އުގައިލް ވިދާޅުވެފައިވަނީ ކަންކަމުގައި ފާޅުކުރާ ޚިޔާލުތަކާއިއެކު ކުރިއަށް ދިއުމުގައި އަބަސްުވެސް އިސްކުރަންޖެހޭނީ ތިމާއަށް ލިބިފައިވާ މޮޅުކަމަށް ކަމުގައެވެ. އަނެކާގެ މަސްކައި، އަނެކާއަށް އެއްޗިހި ކިޔައިގެން ލިބޭނެ ކުރިއެރުމެއް ނެތްކަމަށް އުގައިލް ވިދާޅުވިއެވެ.

ސިޔާސީ ގޮތުން ސަރުކާރުން އިންޑިއަށް މާބޮޑަށް ބަރޯސާވާ މައްސަލާގައިވެސް އުގައިލް ވަނީ ވާހަކަ ދައްކަވާފައެވެ. އަދި އިންޑިއާގެ ކޮންސިއުލޭޓެއް އުގައިލް ނިސްބަތްވާ އައްޑޫގައި ގާއިމްކޮށް ކުރުމަށް މަސައްކަތް ކުރާތީވެސް އުގައިލްގެ ފާޑުކިޔުން ވަނީ އަމާޒު ވެފައެވެ. އުގައިލް ވިދާޅުވެފައިވަނީ އިންޑިއާއަށް ބަރޯސާ ވެގެން ރާއްޖެ ތަރައްގީގެ މަތީފަންތިއަށް ގެންދެވޭނެ ގޮތެއް ނުވިސްނޭ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.