އިންޑިއާގެ ބަހަރަތު ބައޯޓެކްއިން އުފެއްދި ކޯވިޑް19 ވެކްސިންގެ ތިންވަނަ ފޭސްގެ ޓްރަޔަލްއިން ދައްކާ ގޮތުގައި މިވެކްސިން %93.4 ކާމިޔާބުކަމަށް ބަހަރަތު ބައޯޓެކް ކުންފުނިން ހޮނިހިރު ދުވަހު ހާމަ ކޮށްފިއެވެ.
މިހާރު ކޮންމެ ދުވަހަކުވެސް ދުނިޔެއިން ކޯވިޑް19ގައި އެންމެ ގިނަ އަދަކަށް މީހުން މަރުވަމުންދާ އިންޑިއާއިން އެންމެ ފުރަތަމަ ފެނިގފައިވާ ނުރައްކާތެރި ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް މި ވެކްސިންއިން %65.2 ކާމިޔާބު ކަމަށް ދައްކާފައިވާ ކަމަށްވެސް މި ކުންފިން ހާމަ ކޮށްފައި ވެއެވެ.
އެންމެ ފުރަތަމަ އިންޑިއާއިން ފެނުނު ޑެލްޓާ ވޭރިއަންޓަކީ، މިއަަހރުގެ އެޕްރިލް އަދި މޭމަހު ދެކުނު އޭޝިއާގެ ގިނަ ގައުމުތަކަށް އައި ކޯވިޑް19ގެ ރާޅު އައިކަމަށް ބެލެވޭ ނުރައްކާތެރި ވޭރިއެންޓެވެ.
އިންޑިއާއިން އުފައްދާފައިވާ، މިވެކްސިން، ކޯވިޑްގެ އަލާމާތްތައް ފެންނަ މީހުންނަށް %77.8 ކާމިޔާބު ކަމަށްވެސް، އެންމެ ފަހުން ހަދާފައިވާ ތަހުލީލްތަކުން ވަނީ ދައްކާފައެވެ.
ފާއިތުވެދިޔަ މަހު، އެސްޓްރާޒެނެކާއިންވެސް ވަނީ، އެކުންފުނީގެ ކޯވިޑް ވެކްސިންވެސް ޑެލްޓާ އަދި ކައްޕާ ވޭރިއެންޓާ ދެކޮޅަށް މަސައްކަތް ކުރާކަމަށް ވަނީ ދައްކާފައެވެ.
އިންޑިއާއިން މިހާތަނަށް ވަނީ، އެގައުމުގެ ސީރަމް އިންސްޓިޓިއުޓުން އިންޑިއާގައި އުފައްދަމުންދާ އެސްޓްރާޒެނެކާ ވެކްސިން އެގައުމުގައި ދެމުންނެވެ. ސީރަމް އިންސްޓިޓިއުޓުން ފާއިތުވެދިޔަ މަހު ބުނެފައިވަނީ، އެ އިންސްޓިޓިއުޓުން އަމާޒު ކުރަމުންދަނީ ޖުލައި މަހުންފެށިގެން މަހަކު އުފައްދާ ވެކްސިންގެ އަދަދު 100 މިލިއަން ޑޯޒަށް އިތުރުކުރުމަށް ވިސްނަމުން ކަމުގައެވެ.
ބަހަރަތު ބައޯޓެކްއިން ބުނެފައިވަނީ، އެކުންފުނީގެ އަންދާޒާއަކީ އަލަށް އުފައްދާ ވެކްސިން މަހަކު 23 މިލިއަން ޑޯޒް އުފައްދަމުން ދިއުންކަމުގައެވެ.
އިންޑިއާގައި މިހާތަނަށް ކޯވިޑް19ގައި 30.45 މިލިއަން މީހުންވަނީ ޕޮޒިޓިވް ވެފައެވެ. އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ކޯވިޑް19އަށް މީހުން ޕޮޒިޓިވް ވެފައިވާ ގައުމުގައިވާ ކަމުގައި އެމެރިކާއާއި ޖެހިގެން ދެން އެންމެ ގިނައަދަދަކަށް މީހުން ޕޮޒިޓިވް ވެފައިވާ ގައުމެވެ. އެމެރިކާގައި 33 މިލިއަން މީހުންވަނީ ކޯވިޑް19އަށް ޕޮޒިޓިވް ވެފައެވެ.
އިންޑިއާގައި މި ބަލީގައި މީހުން މަރުވެފައިވާ އަދަދު މިހާރުވަނީ 400،000 އަށްވުރެ މަތިވެފައެވެ.
One Response
ހަމަ ބުނަންވީ 100% ރަނގަޅޭވެސް.. އެމީހުން އަމިއްލައަށް އުފައްދާފަ، އަމިއްލަ ކުންފުނިން ވިއްކާ މުދަލެއް.. އިތުބާރެއް ނުކުރެވޭ..!!! ސޮރީ