ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ބާދްޝާހް އެނބުރި ގައުމަށް، މޫނު ހުރީ އަނދާފައި!

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ބާދްޝާހް އެނބުރި ގައުމަށް، މޫނު ހުރީ އަނދާފައި!

Author
މުޙައްމަދު ޝަޒައިމް
24 އޮކްޓޯބަރ 2020 08:45
0
މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ބާދްޝާހް މި ވަނީ އޭނާ ރާއްޖެގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ގޮސް ފޮޓޯއެއް ހިއްސާކޮށްފައެވެ.
އެ ފޮޓޯއިން އޭނާގެ މޫނު މަތި ވަރަށް ބޮޑަށް ހަލާކުވެފައި ހުރި މަންޒަރު ފެނެއެވެ. އޭނާގެ މޫނު މަތި އެ ހުރީ އަނދާފައެވެ. އެ ފޮޓޯ އިންސްޓަގްރާމް ކުރަމުން އޭނާ ބުނެފައި ވަނީވެސް އެހެންނެވެ. "ސަންބާންޓް"ކަމަށެވެ.
އެ ފޮޓޯއިން ބާދްޝާހްގެ މޫނު މަތި ތަންތަންގަޑުން ރަތްވެފައި ހުންނަ ތަން ފެނެއެވެ. އަދި ހަންގަނޑު ވަރަށް ބޮޑަށް ނައްޓައިގެން ގޮސް ހުރި މަންޒަރުވެސް ފެނެއެވެ. އެ ފޮޓޯއަށް ކޮމެންޓް ކުރަމުން ލަވަކިޔުންތެރިޔާ އަރްމާން މާލިކް ވަނީ ވަރަށް ބޮޑަށް އަދާފައިވާ ކަމަށް ބުނެފައެވެ. އޭނާގެ މޫނު އެގޮތަށް ފެނުމުން ބައެއް މީހުންނަށް ވީ ހައިރާންވާ ވަރުގެ ކަމަކަށެވެ.
ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރި ވަރުންދަވަންވެސް ވަނީ އެ ފޮޓޯއަށް ކޮމެންޓްކޮށް، އޭނާވެސް ހުރީ ހަމަ އެހާލުގައި ކަމަށް ބުނެފައެވެ.
ބާދްޝާހް ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ގޮސްފައި ވަނީ ކުރަމަތި މޯލްޑިވްސް ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.