ހޯމަ ދުވަހުގެ ނިޔަލަށް 189،529 މީހުން ވެކްސިން ފުރިހަމަކޮށްފި

ހޯމަ ދުވަހުގެ ނިޔަލަށް 189،529 މީހުން ވެކްސިން ފުރިހަމަކޮށްފި

Author
ޢަލީ އާދަމް
30 ޖޫން 2021 01:16
0

ކޯވިޑުން ރައްކާތެރިވުމަށްޓަކާ ޖަހާ ވެކްސިން ރާއްޖޭގައި މިހާތަނަށް 189،529 މީހުން ފުރިހަމަކޮށްފި އެވެ

އެޗްޕީއޭއިން އާޢްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބަށް ބަލާއިރު ހޯމަދުވަހު ވަނީ 741 މީހަކު ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 300 މީހުންނާއި އަތޮޅުތެރޭގެ ރަށްތަކުން ވެކްސިން ޖެހި 441 މީހުންނެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުމުގެ މަސައްކަތްވެސް ކުރިއަށްދާއިރު ވޭތުވެދިޔަ ހޯމަ ދުވަހު 207 މީހަކުވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 104 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 103 މީހުންނެވެ.

އެހެންކަމުން މިހާތަނަށް ރާއްޖޭގެ ޖުމްލަ އާބާދީގެ 38 އިންސައްތަ މީހުން ކޯވިޑުން ދިފާއުވުމުގެ ވެކްސިންގެ ދެޑޯޒް ވަނީ ފުރިހަމަކޮށްފަ އެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި 2ވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 2 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 193 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.