ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ އަށް 80 އަހަރު ފުރިއްޖެ އެވެ.
ދުނިޔެދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޕެލޭ އުފަންވީ 1940 ވަނަ އަހަރު ބްރެޒިލްގެ އުތުރުގެ ސިޓީއަކަށެވެ. އެނާ އެންމެ ފުރަތަމަ ކުލަބަކާ ގުޅުނީ އުމުރުން އެންމެ 14 އަހަރުގައި ބްރެޒިލްގެ ސައޯ ޕޯލޯއާ އެވެ.
ކުލަބް ކެރިއަރު ބްރެޒިލްގައި ހޭދަކުރި އޭނަ ވަނީ، ކުޅުނު ބްރެޒިލްގެ ކުލަބަތަކަށް 638 މެޗު ގައި 618 ލަނޑު ކާމިޔާބުކޮއްފައެވެ. ތިން ވޯލްޑްކަޕް އުފުލާލި ހަމައެކަނި ކުޅުންތެރިޔާ އެންމެ ފުރަތަމަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތެއްގަ ކުޅުނީ އުމުރުން 17 އަހަރުގަ 1958 އަހަރުއެވެ.
ޕެލޭ ވަނީ، އޭނާގެ 21 އަހަރުގެ ފުޓްބޯޅަ ކެރިއަރުގައި ކުޅުނު 1363 މެޗުން 1281 ލަނޑު ކާމިޔާބުކޮށް ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފައެވެ. ފީފާއިން ހޮވި ގަރުނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ޕެލޭ ވަނީ، ބްރެޒިލްގެ ގައުމީ ޓީމަށް އޭނާ ކުޅުނު 91 މެޗުގައި ޖުމުލަ 77 ލަނޑު ކާމިޔާބުކޮށްފައެވެ.
ޕެލޭ ވަނީ އޭނަގެ މުޅި ކެރިއަރުގައި، ވޯލްޑް ކަޕްގައި 14 މެޗު ކުޅެ 12 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި 1970 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ފީފާ ގޯލްޑަން ބޯލް އެވޯޑް ޕެލޭ ހާސިލްކޮށްފައި ވެއެވެ. އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ގައުމީ ޓީމަށާއި އޭނާ ކުޅުނު ކްލަބުތަކަށް ކާމިޔާބުކޮށްދިން ލަނޑުގެ ޖުމުލަ އަދަދު 1283އަށް އަރައެވެ.
އޭނާ އަކީ ފުޓުބޯޅައަށް ބޮޑު އިންގިލާބެއް ގެނެސް އެ ކުޅިވަރުގެ ފޯރި މުޅި ދުނިޔޭގައި ގުގުމާލުމަށް އެންމެ ބުރަކޮށް މިއަދާ ހަމައަށް ވެސް މަސައްކަތް ކުރަމުން އައި އެކަކެވެ.
އެހެންނަވެސް ސިއްހީ ގޮތުން ދިމާވި މައްސަލަތަކުން ހާލު ސީރިއަސްވެ އެކިފަހަރު މަތިން ވަނީ ފަރުވާ ހޯދާފައެވެ. މި ފަހަކަށް އައިސް ސިއްހީ ހާލަތު ތަން ނުދޭތީވެ އާމުންގެ ތެރެއަށް ވެސް ނުކުމެ ނޫޅެއެވެ. އިއެއްޔެ ފާހަގަކުރި އޭނާގެ 80 ވަނަ އުފަންދުވަހާ ގުޅިގެން ދުނިޔޭ ފުޓްބޯޅައިގެ ހަރަކާތްތެރިވާ ތަރިން އަންނަނީ ތަހުނިޔާ ފޮނުވަމުންނެވެ.
ކޮމެންޓު ފޮނުވާ