މިއަދު ޕޮޒިޓިވްވީ 150 މީހުން، މާލޭސަރަހައްދުން 30

މިއަދު ޕޮޒިޓިވްވީ 150 މީހުން، މާލޭސަރަހައްދުން 30

ރާއްޖެއިން ކޯވިޑް-19އަށް އިތުރު 150 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރުއަލަށް ޕޮޒިޓިވްވި 150 މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 30 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 101 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 17 މީހުންނާއި ސަފާރީއަކުން ޕޮޒިޓިވްވި 2 މީހުންނެވެ.

އަލަށް މި ބައްޔަށް ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ޖުމްލަ 73،094 މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

އެކްޓިވް ކޭސްތަކުގެ ޢަދަދު ވަނީ 4067 އަށް ދަށަށް ޖެހިލާފަ އެވެ. ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން މިހާރު އަންނަނީ 30 މީހަކަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 377 މީހެކެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 68،806 އަށް އިތުރުވެފަ އެވެ.

ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 5،763 ސާމްޕަލް ވަނީ ޓެސްޓުކޮށްފަ އެވެ.

ރާއްޖޭގައި ކޯވިޑް ބަލީގަ މިހާތަނަށް ނިޔާވި މީހުންގެ އަދަދު މިހާރުވަނީ 209 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 191 ދިވެހިންނާ 18 ބިދޭސީންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *