އިޙުސާން، އިންތިއަށް: ވާހަކަތައް ހަދައިގެން ދެއްކުމުގެ ޘަގާފަތެއް ރާއްޖޭގައި އަލާކުރެއްވީ ތިބޭފުޅުން!

އިޙުސާން، އިންތިއަށް: ވާހަކަތައް ހަދައިގެން ދެއްކުމުގެ ޘަގާފަތެއް ރާއްޖޭގައި އަލާކުރެއްވީ ތިބޭފުޅުން!

Author
މުޙައްމަދު ޖިމީ
26 ޖޫން 2021 03:22
0

ހަޤީގަތާއި ޚިލާފު ވާހަކަތައް ދެއްކުމުގެ ޘަޤާފަތެއް ރާއްޖޭގައި އާލާކުރެއްވީ އެމްޑީޕީގެ މެންބަރުންކަމަށް ވިދާޅުވެ، ކެޕްޓަން ރިޓަޔަރޑް ޢަލީ އިޙްސާން، ރައްޔިތުންގެ މަޖިލީޙުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއަށް ރައްދު ދެއްވައިފިއެވެ.

އިޙްސާން އިންތިއަށް ރައްދު ދެއްވާފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މެއި 6 ގައި ދިން ހަމަލާއަކީ "އޮޅުވާލުމެއް" ނޫނީ "ޑްރާމާ" އެއް ކަމަށް ބުނާ މީހުންނަށް ފިޔަވަޅު އަޅަން އިންތި ގޮވާލެއްވުމާއި ގުޅިގެންނެވެ. އިންތިއަށް ރައްދު ދެއްވާ އިޙްސާން ވިދާޅުވީ، އިންތިގެ އެ ވާހަކަފުޅަކީ ރަނގަޅު ވާހަކަފުޅެއްކަމށާއި، އެބާވަތުގެ ބޮޑެތި ކަންކަމުގެ ހަގީގަތް ނޭނގި ހަގީގަތާއި ޚިލާފު ވާހަކަ ދައްކާމީހުންނަށް ފިޔަވަޅު އަޅަންޖެހޭކަމަށެވެ. ނަމަވެސް އެގޮތަށް ވާހަކަތައް ހަދައިގެން ދެއްކުމުގެ ޘަޤާފަތެއް މިޤައުމުގައި އަލާކުރެއްވީ ހަމަ އެބޭފުޅުންކަމަށް އިންތިއަށް ދެއްވި ރައްދުގައި އިޙްސާން ވިދާޅުވިއެވެ.

މިއީ ވަރަށް ރަނގަޅު ކަމެއް. މިބާވަތުގެ ބޮޑެތި ކަންކަމުގެ ހަޤީގަތް ނޭނގި މިފަދަ ވާހަކަ ދައްކާމީހުންނަށް ފިޔަވަޅު އަޅަންޖެހޭ. އެކަމަކު މިގޮތަށް ވާހަކަތައް ހަދައިގެން ދެއްކުމުގެ ސަގާފަތެއް މިޤައުމުގައި އަލާކުރެއްވީ ހަމަ މިބޭފުޅުން.

– ޢަލީ އިޙްސާން

އެމްޑީޕީއަށް 16 އަހަރު ފުރޭ އަހަރީ ދުވަހާއި، ނަޝީދަށް ދިން ހަމަލާގެ ތަހުގީގުތަކަށް ފާރަވެރިވާ އެމްޑީޕީގެ ކޮމިޓީގެ މަސައްކަތާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިންތި ވަނީ، ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ސޯޝަލް މީޑިއާގައ ދެކެވޭ ވާހަކަތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންތި ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާގެ ސީރިއަސްކަން ކަނޑާލަން އެމްޑީޕީއާއި ރައީސް ނަޝީދުގެ ވާދަވެރިންތަކެއް މަސައްކަތް ކުރަމުން ގެންދާނެކަން އެ ޕާޓީގެ އާންމު މެންބަރުން އަބަދުވެސް ސަމާލުވެ ތިބެން ޖެހޭނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދެބަފާ މީހާ
އެމްޑީޕީ އަކީ ޑްރާމާ ކުޅޭބައެއް ..ފޮޓޯ ހޯދުމައް އެމްޑީޕީ ގެ އިސްމީހުން ކޮންމއ ކަމެއްވެސް ކޮއްފާނެ ..ބުނެފައި އޮތީ ތިމަންނާގެ ނުބައިކަން ނޭގޭނެ އޭ ތިމަންނާ ކޮއްފަ ނުކުރާނެ ކަމެއް ނޭގޭނެ އޭ. ގ.އެތެރެކޮއިލު ނިސްބަތް ވާ ބޭފުޅަކު ބުނިކަމައް ވަނީ ތިޔަކަމަކާ ގުޅޭ ފޮތުން މަޝްވަތާ ކުރެވުނުކަމައް .. އެކަމުގެ މޭސްތިރިއަކީ ވިލާތުން އައި ދޮންމީހެއް ކަމައް. ތިޔަބުނާ ސޮރުމެނަށް ވުރެން ވިލާތު ސޮރު ހިފެބެއްޓިނަމަ ބައިކޮޅަށް ލަނޑު ޖެހީކާކުކަން
ނ ނާޅި
އިންތި ޓީވީ ޗެނަލް ތަކަށް އަރާ ހުރެގެން ފުރައްސާރުކޮށް މީހުނަށް މަލާމާތް ކުރަން ދަސްކޮށްދީ މީހުންގެ އަބުރާއި އެންމެ ބޮޑަށް ބެހެން ދަސްކޮށްދިން އެކަކަށްވާނެ މީ އިންތިޔާޒް ފަހުމީ !
ލ ލާހި
30 އަހަރު ވަންދެން ހިޔާލު ފާޅު ކުރުމާއި ދުލާއި ޤަލަމުގެ މިނިވަންކަން ހޯދަން އުޅުނު އެންމެ ބޮޑު ނަފުރަތު ޕާޓީ މިހާރު މިދާ މިސްރާބު އެކޮޅުކޮޅުން !
އ އައިސް
100% ތެދު