މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހިންގާ އިންކުއަރީއަށް މެންބަރު އިލްޔާސް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ މިއަދު ހެނދުނު 10:00 ޖަހާކަށް ހާއިރުއެވެ.
އިލްޔާސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 241 ކޮމިޓީގެ މެންބަރު ކަމުން މިދިޔަ ހަފުތާގައި އޭނާ އެކަހެރިވެވަޑައިގެންފައިވާ ކަމަށެވެ. އަދި މިއަދު ކޮމިޓީއަށް ހާޒިރުވެވަޑައިގެން އޭނާ ބަޔާން ދެއްވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކުރިން 241 ކޮމިޓީގައި ވެސް އިންނެވި އިލްޔާސް ވަނީ މިދިޔަ ހަފްތާގައި އެ ކޮމެޓީން ވަކިވެވަޑައިގެންފަ އެވެ.
މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީ އަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަަރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްގެ އިތުރުން ރައީސް ނަޝީދުގެ ބޮޑީގާޑުންނާއި އެމްއެމްއޭގެ އިސްވެރިން މީގެ ކުރިން ވަނީ ހާޒިރުކޮށްފަ އެވެ.
އެ އިންކުއަރީ މި ހަފްތާ ތެރޭގައި ނިންމައި ރިޕޯޓް އެކުލަވާލެވޭނެ ކަމަށް ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ