ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުން މަޤާމުތަކުގައި ތިބުމުގެ ފުރުސަތު ދިނުމަކީ ވަޢުދު އުވާލުން

ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުން މަޤާމުތަކުގައި ތިބުމުގެ ފުރުސަތު ދިނުމަކީ ވަޢުދު އުވާލުން

Author
މުޙައްމަދު ޝަޒައިމް
26 ޖޫން 2021 08:21
0

ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުން މަޤާމުތަކުގައި ތިބުމުގެ ފުރުސަތު ދިނުމަކީ ވަޢުދު އުވާލުން ކަމުގައި ނެޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ޒަރިޔަންދު މިފަދަ ގޮތަަކަށް ވިދާޅުވެފައިވަނީ ސަރުކާރުގެ "ޒީރޯ ޓޮލަރެންސް" ކޮރަޕްޝަންގެ ދަށުން އެންމެ އެކަށީގެންވާ ގޮތަށް ކަންކަން ނުބެލި ފިޔަވަޅު ނޭޅޭ މައްސަލާގައި ގިނަ ބައެއްގެ ނުރުގުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށެވެ. އަދި އެކި މަޤާމުތަކުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ކުރެވޭ މީހުން ތިބިއިރު އެމީހުންނާއިމެދު އެއްވެސް ފިޔަވަޅެއް ނޭޅި ލަސްވަމުންދާ ދަނޑިވަޅެއްގައެވެ.

ޒަރިޔަންދު ވިދާޅުވެފައިވަނީ ވައްކަމާއި، ކޮރަޕްޝަންގެ މައްސަލަތައް ބެލުމާއި، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ރައްުޔިތުންނަށް ވައުދެއް ވެފައިވާނަމަ އެކަން އެންމެ ރަނގަޅު ގޮތުގައި ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށެވެ. އެކަން ކުރާއިރު ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުން ސިޔާސީ މަގާމުތަކުގައި ދެމިތިބެވޭނެގޮތަށް ކަންކަން ބައްޓަން ކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބެލުމާއި، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމުގެ ވައުދެއް ރައްޔިތުންގެ މައްޗަށް ވެފައިވާނަމަ، ކޮރަޕްޝަނާއި ރިޝްވަތުގެ ތުހުމަތެއްގައި ހިމެނޭ އެއްވެސް ފަރާތެއް ސިޔާސީ މަޤާމުތަކުގައި ތިބުމުގެ ފުރުސަތުދީގެން ތިބުމަކީ، ވަޢުދު އުވާލުން.

– ޒަރިޔަންދު ވިދާޅުވިއެވެ.

މި ސަރުކާރުގައި ކޮރަޕްޝަނަށް އޮންނާނީ "ޒީރޯ ޓޮލަރެންސް"ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. މިދިޔަ އަހަރު މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ނަމަވެސް ކޮރަޕްޝަންގެ މޫތައް މުޅި ރާއްޖެއަށް ފެތުރިގެން ދިޔައީ ޚިޔާނާތާއި ފަސާދައިގެ ކުރިމަތީގައި މުއައްސަސާތައް "ކުޑަކަކޫ" ޖެހުމުން ކަމަށެވެ. ދިވެހި ދައުލަތުގެ މުދަލާއި ފައިސާ، ނާޖާއިޒު ގޮތުގައި އަމިއްލަ ބަޔަކު ބޭނުންކުރިއިރު، އެކަމާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

ކުރީގެ މައްސަލަތަކަށް ފިޔަވަޅު ނޭޅުމުގެ ތުހުމަތު ރައީސް ކުރެއްވިއިރު، އެމައްސަލަތައް ބެލުމަށް އުފެއްދި މިސަރުކާރުގެ ކޮމިޝަންތަކަށް އެފަދަ މައްސަލަތައް ބެލުމުގައި މިހާތަނަށް އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވެއެވެ. އަދި އެކޮމިޝަންތައް އުވާލުމަށް އެމްޑީޕީގެ އިސް ބޭފުޅުންވެސް ދަނީ ގޮވާލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވަހީދުބޭ
ރާއްޖޭގަތިބިއެންމެގިނަކޮރަކުސަނުންތިއްބެވީވެށްތީގަތެރޭގަކަންތިބުނާރައީސްމީހައްވެސްއެގިލައްވާނެ(މުސްޅިއަކުބްންނޯއުދަގޫވާނޭވާތުންކަނާތްކަޑާލަން)އެހެންވީމަތިކަމެންނެތޭބޭބެއައްކުރެވޭކަށް،ވައުދުނުފުދުނަސްކުރޭނެކަމެއްނެތް.ބޭބެބުނީމޭސިފައިންގެފުލެޓުވެސްއެއްއަރުތެރޭނިއްމާނަމޭ؟ބޭބެބުނާނީތިކުދިންގާތުސޮރީއޭ