ކަޅު ނަސްލުގެ ޖޯޖު ފްލޮއިޑް މަރާލިކަމަށް ސާބިތުވެ، ޖެރެކް ޗައުވިން 22 އަހަރާއި 6 މަހަށް ޖަލަށް ލާން ހުކުމް ކޮށްފި

ކަޅު ނަސްލުގެ ޖޯޖު ފްލޮއިޑް މަރާލިކަމަށް ސާބިތުވެ، ޖެރެކް ޗައުވިން 22 އަހަރާއި 6 މަހަށް ޖަލަށް ލާން ހުކުމް ކޮށްފި

Author
ހުސެއިން
26 ޖޫން 2021 06:23
0

އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމުގައިވާ ޖޯޖު ފްލޮއިޑް ގަސްތުގައި މަރާލިކަން ސާބިތުވެ، ޖެރެކް ޗައުވިން 22 އަހަރާއި 6 މަހަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ފަހުކޮޅު، އެގައުމުގެ ކަޅު ނަސްލުގެ ރައްޔިތެއްކަމުގައިވާ ޖޯޖް ފްލޮއިޑް ފުލުހުން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި، އޭނާ މަރުވުމާއި ގުޅިގެން އޭނާގެ މަރުގެ ޒިންމާ އޭނާ ހައްޔަރުކުރި ފުުސް އޮފިސަރު ޖެރެކް ޗައުވިން ނަގަން ޖެހޭނެކަމަށް އެމެރިކާގެ ޑިސްޓްރިކްޓް ކޯޓުން ފާއިތުވެދިޔަ މޭމަހު ވަނީ ނިންމާފައެވެ.

ހުކުމް އިއްވަމުން، ކޯޓުގެ ފަނޑިޔާ ވިދާޅުވެފައިވަނީ، ހުކުމް ބިނާ ކޮށްފައިވަނީ، "ޗައުވިން މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގަ ކޮށްފައިވާ މިންވަރުގެ މައްޗަށާއި، އަދި މަސައްކަތް ކުރަމުން ދިޔަ މުވައްސަސާގެ އިތުބާރަށް އޭނާގެ އަމަލުގެ ސަބަބުން އަސަރުކުރި މިންވަރުގެ މައްޗަށާއި އަދި އޭނާގެ ފަރާތުން ފްލޮއިޑްއާއި ދެކޮޅަށް ފެނިގެންދިޔަ އަނިޔާވެރި ކަމުގެ،" މައްޗަށެވެ.

އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއްކަމުގައިވާ އުމުރުން 48 އަހަރު ޖޯރޖު ފްލޮއިޑް ހައްޔަރު ކުރުމަށްޓަކާ، 9 މިނިޓް ވަންދެން ޗައުވިން އޭނާގެ ކަރަށް ފައިން އަރައިގެން ހުރުމުގެ ސަބަބުން އޭނާ ވަނީ މަރުވެފައެވެ.

ޖެރެކް ޖޯގް ފްލޮއިޑް ހައްޔަރު ކުރުމަށް އޭނާގެ ކަރަށް ފައިން އަރައިގެން

ހައްޔަރު ކުރުމުގައި ޖޯރޖް ފްލޮއިޑް މަރުވުމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ފުލުހުންގެ އަނިޔާވެރިކަމާއި އަދި ނަސްލީ ތަފާތު ކުރުންތަކާއި ދެކޮޅަށް ބޮޑެތި މުޒާހިރާތަކެއް ކުރެވުނުވެ.

އުމުރުން 45 އަހަރުގެ ޗައުވިންގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ދެވަނަ ދަރަޖައިގެ ކުށް ސާބިތުވާކަމަށް، ފާއިތުވެދިޔަ މޭމަހު ފަނޑީޔާރު ވަނީ ނިންމަވާފައެވެ.

ޗައުވުންގެ ޝަރީއަތުގައި އޭނާގެ ވަކީލު ބުނެފައިވަނީ، ޖޯރޖު ފްލޮއިޑްގެ މަރަކީ، އެއްވެސް ނުބައި ނިޔަތަކާއި ނުލާ، ހެދުނު ގޯސްތަކެއްގެ ސަބަބުން ހިގައިދިޔަ މަރުގެ ހާދިސާއެއް ކަމުގައެވެ.

ޗައުވިންގެ މައްޗަށް ހުކުމް ކުރުމަށްފަހު، އޭނާއަކީ، މީހުން ކިޑްނެޕް ކުރުންފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހެއްގެ ގޮތުގައި ރެޖިސްޓަރކޮށް، އެއްވެސް ކަހަލަ ހަތިޔާރެއް ގެންގުޅުންވެސް އުމުރަށް އޭނާއަށް ވަނީ މަނާ ކުރެވިަފއެވެ.

އެމެރިކާގެ ކަޅު ނަސްލުގެ ޖޯރޖު ފްލޮއިޑްގެ މަދަނީ ހައްގުތަކަށް އަރައިގެންފައިވާ ކަމުގެ ތުހުމަތުގައި، ޗައުވިންގެ އިތުރުން، އިތުރު ދެ ފުލުސް އޮފިސަރުންގެ މައްޗަށްވެސް ވަނީ ދައުވާ ކޮށްފައެވެ. ތިން މީހުންގެ މައްޗަށްވެސް ދައުވާ ކޮށްފައިވަނީ ވަކި ވަކިންނެވެ.

މި ހުކުމަށްފަހު، ޖޯރޖް ފްލޮއިޑްގެ އާއިލާއާއި ރައްހުމަތްތެރިން ވަނީ ވަރަށް ބޮޑަށް އުފާ ފާޅުކޮށްފައެވެ.

ޝަރީއަތުގެ މަޖިލުހުގައި ވާހަކަ ދައްކަވަމުން ޖޯރޖު ފްލޮއިޑްގެ ދައްތަ ބުނެފައިވަނީ، "މި ހުކުމުން ދޭހަ ކޮށްދެނީ، ފުލުހުންގެ އަނިޔާއާއި ގުޅުން ހުރި ކަންކަން ސީރިއަންސް ކަންކަމުގެ ގޮތުގައި ބަލައިގަން ކަން" ކަމަށާއި އެހެންނަމަވެސް، "އަދިވެސް ދަތުރު ކުރަންޖެހޭ ރާސްތާ ވަރަށް ދިގު،" ކަމުގައެވެ.

ހުކުމަށްފަހު، އެމެރިކާގެ ރައީސް ޖޯ ބައިޑްން ވިދާޅުވެފައި ވަނީ، ހުކުމް އެންމެ ރަގަޅު ރަގަޅުކަމަށް އޭނާއަށް ގަބޫލުފުޅު ކުރެއްވޭ ކަމަށެވެ. އަދި މި ހުކުމާއި ގުޅޭ މާގިނަ ތަފްސީލްތަކެއް އޭނާއަށް އަދި އެގި ނުލައްވާކަމަށް އެއްބަސްވެ ވަޑައިގަތެވެ.

ޖޯރޖު ފްލޮއިޑްގެ ޝަރީއަތުގައި، އޭނާގެ ބޭބެ ޓެރެންސް ފްލައިޑް ވަނީ، މި ތުހުމަތުގެ އެންމެ ބޮޑު ހުކުމް ކަމުގައިވާ 40 އަހަރު ދުވަހުގެ ޖަލު ހުކުމެއް ޗައުވިންގެ މައްޗަށް އިއްވައި ދިނުމަށް ޑިމާންޑް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.