ސައުދީ އަރަބިއާއިން މިއަހަރު ހައްޖަށް ދިއުމަށް ބޭނުންވާ، އަގައުމުގައި ދިރިއުޅެމުންދާ ފަރާތްތަކަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި، ރަޖިސްޓްރީ ކޮށްފައިވަނީ، 558,270 މީހުން ކަމުގައި، އެގައުމުގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާގެ ފަރާތުން ހާމަ ކޮށްފިއެވެ.
މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ހާމަ ކޮށްފައިވާ ގޮތުގައި، ރެޖިސްޓްރޭޝަންގެ ދެވަރަ މަރުހަލާ އާއި އަދި ޕެކޭޖްތައް ސެލެކްޓުކުރުން ޖޫން 25 ވާ ހުކުރު ދުވަހުން ފެށިގެން ކުރިޔަށް ދާނެއެވެ.
މިއަހަރު ހައްޖަށް ދިއުމަށް ރަޖިސްޓަރ ކޮށްފައިވާ 558,270 މީހުންގެ ތެރޭގައި ހިމެނެނީ، %59 ފިރިހެނުންނާއި %41 އަންހެނުންނެވެ.
މީގެ ތެރެއިން %03 އަކީ، 20 އަހަހަރުން ދަށުގެ ކުޑަކުދިންނެވެ. އަދި %26 މީހުންނަކީ، 21 އަހަރާއި 30 އަހަރާއި ދެމެދުގެ މީހުންނެވެ. %38 މީހުންނަކީ މުޅިންވެސް 31 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ.
ސައުދި އަރަބިއާގެ ހައްޖު އެންޑް އުމްރާއިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހައްޖަށް ދާން ރަޖިސްޓްރި މީހުންގެ ތެރެއިން %20 މީހުން 41 އަހަރާއި 50 އަހަރާ ދެމެދުގެ މީހުންނަށް ނިސްބަތްވާއިރު، 51 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ އެންމެ %11 މީހުންނެވެ.
60 އަހަރުން މަތީގެ މީހުންގެ ތެރެއިން ރަޖިސްޓްރީ ކޮށްފައިވަނީ އެންމެ %2 މީހުންނެވެ.
މިމަހު ކުރީކޮޅު ސައުދީ އަރަބިއާއިން ނިންމާފައިވަނީ، ފެތުރެމުންދާ ކޯވިޑް19ގެ ނުރައްކަލުގެ ސަބަބުން މިއަހަރު އެންމެ 60 ހާސް މީހުންނަށް އެކަނި ހައްޖަށް ދިއުމުގެ ފިރިސަތު ދިނުމަށެވެ. އަދި އެއީވެސް، ސައުދީ އަރަބިއާގައި ދިރިއުޅޭ މީހުންނަށް އެކަންޏެވެ.