ނޫސްވެރިކަމަށް ހުރަސްއަޅައި ޖެންޑާ މިނިސްޓަރުގެ ނުފޫޒު މީޑިއާތަކަށް، ސަރުކާރު ހޫނުފެނަށް

ނޫސްވެރިކަމަށް ހުރަސްއަޅައި ޖެންޑާ މިނިސްޓަރުގެ ނުފޫޒު މީޑިއާތަކަށް، ސަރުކާރު ހޫނުފެނަށް

ގުޅުންހުރި

މިނިވަން ނޫސްވެރިކަން ހިންގުމަށް ހުރަސް އަޅައި، ރާއްޖޭގެ މީޑިއާތަކަށް ޖެންޑާ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީގެ ނުފޫޒު ފޯރުވައި މީޑިއާތައް ޖޫރިމަނާކޮށްފިއެވެ.

މިނިވަން ނޫސްވެރިކަމެއް ހިންގުމަށްޓަކައި މީޑިއާތަކަށް ތަންމިނަށް ޖާގަދޭނެކަމަށާއި، މިޑިއާތަކުގެ އަގަމަތީގައި މިސަރުކާރުން ޓޭޕްނާޅާނެކަމަށް ވައުދުވެ ވެރިކަމަށް އައި ސަރުކާރުގެ މިނިސްޓްރީތަކުން މީޑިއާތައް ޖޫރިމަނާކޮށް، އިންޒާރުދީ ހެދުމަކީ ރާއްޖޭގެ މީޑިއާތަކުގެ މިނިވަންކަމަށް އަރައިގަނެ، މީޑިއާތަކުން ވަކިގޮތަކަށް މަސައްކަތް ކުރުމަށް ދެވުނު އިންޒާރެއްގެ ގޮތުގައި ގިނަ މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ.

މީޑިއާތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމުގެ ޒިންމާ ޤާނޫނަކުން ވަކި ދެ މުއައްސަސާއަކާއި ހަވާލުކޮށްފައިވާއިރު، މީޑިއާތަކުގެ ބަލަދުވެރި ފަރާތްތަކާއި އެއްވެސް މަޝްވަރާއެއް އަދި، އަހާލުމެއްވެސްނެތި އިންޒާރުދީ ޖޫރިމަނާ ކުރުމަކީ އައިޝަތު މުހައްމަދު ދީދީއަށްވެސް އަދި ޖެންޑާ މިނިސްޓްރީއަށްވެސް އޮތް ފުރުސަތެއް ނޫނެވެ. ޖެންޑާ މިނިސްޓްރީން މީޑިއާތަކަށް ބިރު ދައްކައި، ޖޫރިމަނާކުރި މައްސަލާގައި ނޫސްވެރިންގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށް، މިކަމުގައި ސަރުކާރަށް އިންތިހާއަށް ވަނީ ޕްރެޝަރު ކުރިމަތިވެފައެވެ.

މަރާލުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުޑަ ކުއްޖާގެ މައްސަލާގައި ޖެންޑާ މިނިސްޓްރީން ކުރާ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި އެ ކުއްޖާގެ ހަބަރުތައް ފެތުރި ގޮތުން ހިތްހަމަ ނުޖެހޭކަން ހާމަކޮށް އެއްވެސް ނަސޭހަތެއް އަދި ވާހަކަ ދެއްކުމެއްނެތި މީޑިއާތައް ޖޫރިމަނާ ކުރުމަކީ ޖެންޑާ މިނިސްޓްރީއަށް ލިބިގެންވާ އިޚްތިޔާރެއް ނޫންކަމަށް މީޑިޔާތަކުގެ ބަލަދުވެރި ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ.

ޖެންޑާ މިނިސްޓްރީގެ މިއަމަލާއި ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މީޑިއާތަކުގެ މައްސައްލަތައް ބަލައި ފިޔަވަޅުއެޅުމުގެ ބާރު ގާނޫނުން ދީފައިވާ ފަރާތަކީ މީޑިއާ ކައުންސިލް ކަމަށާއި، ދައުލަތުގެ ވުޒާރާއަކު މީޑިއާ ތަކަށް އިންޒާރުދީ ފިޔަވާޅުއެޅުން ކުއްވެރިކުރާކަމަށެވެ.

ގާނޫނާ ހިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މައުލޫމާތު ޝާއިއު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލާއި، އެފަދަ ޝާއިއުކުރުންތަކާ ގުޅިގެން މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެގޮތް ބަޔާންކުރާ އުސޫލު އެކުލަވާލުމުގެ ބާރު ލިބިދީފައިވަނީވެސް އެމްއެމްސީއަށް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން ގާނޫނާ ހިލާފުވާ މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަކީ، ކައުންސިލުން ކުރަންޖެހޭކަމެއްކަމަށާއި، ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއްނެތި އިޖުރާއަތުން ބޭރުން، އެހެން ވުޒާރާއަކުން ނުވަތަ މުއައްސަސާތަކަށް އެފަދަ ފިޔަވަޅެއް މީޑިއާއަކާއި މެދު އެޅޭނެކަމަށް ގަބޫލު ނުކުރާ ކަމަށްވެސް އެމްއެމްސީން ވަނީ ބުނެފައެވެ. އަދި މިފަދަ އަމަލެއްގެ ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ އެތައް ދަރަޖައެއް ފަހަތަށް ހިނގައިދާނެކަމަށް ދެކޭކަމަށްވެސް އެމްއެމްސީން ވަނީ ބުނެފައެވެ.

މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅުއެޅުމުގެ ގާނޫނީ ބާރު އޮތީ ކައުންސިލަށް: އެމްއެމްސީ

ޖެންޑާ މިނިސްޓްރީން މީޑިއާތައް ޖޫރިމަނާކޮށް، އިންޒާރުދީ ހަދަމުންދާއިރު، މިނިސްޓްރީން އަދާކުރަންޖެހޭ ޤާނޫނީ ޒިންމާ އަދާނުކުރެވޭ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅު ކުރަމުންނެވެ. އެގޮތުން ކުޑަކުދިންގެ މައްސަލަތަކުގައާއި، ގެވެށި އަނިޔާގެ މައްސަލަތަކާއި، މިިނޫންވެސް މިނިސްޓްރީގެ ޤާނޫނީ ޒިންމާގެ ތެރޭގައި ހިމެނޭ ގިނަ ކަންތައްތަކަށް އހުމާލުވުގެ ސަބަބުން ޖެންޑާމިނިސްޓްރީގެ ދޮށުގައި އެކި ފަހަރުމަތީން މުޒާަރާކޮށް އަޑު އުފުލާފައިވެސް ވެއެވެ.

ޖެންޑާ މިނިސްޓްރީގެ ޤާނޫނީ ޒިންމާ އަދާނުކުރެވި، މިޑިއާތަކަށް ނުފޫޒާއި ބާރު ފޯރުވަން އުޅުމަކީ މިނިސްޓްރީގެ މަސައްކަތަށް ކުރިމަތިވާނެ އިތުރު ގޮންޖެހުމެއްގެ ގޮތުގައިގިނަ ބަޔަކު ދެކެއެވެ. އަދި މިއީ މިނިސްޓްރީން ރާއްޖޭގެ މީޑިއާތަކަށް ދިން ނުރައްކާތެރި ހަމަލާއެއްގެ ގޮތުގައި ގިނަ މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މި އައިސާދީ އަކީ ކުށް ގަބޫލުނުކުރާ ވަރައް ޒީލަގަދަ އަންހެނެއް، ފުރަތަމަ ހައިރިސްކު ކުއްޖެއްކަން އެނގިތިބެ އެކުއްޖާޔައް ރައްކާތެރިކަން ހޯދަނުދިނީ ކީއްވެ، މީނަ ފެއިލްވީމަ އެހެންމީހުނައް ރުޅިމިބާލަނީ، ދެންކޮބައިތަ ބޮޑެތިހެޑްލައިންތައް ހަދާފަ ބޮޑު މުސާރައެއް ދީފަ ހުރި އޮމްބަޑުސްޕާސަން، އަހަރެމެން ހީކުރީ މިމީހސކުވެސް ކުޑަކުދިން ހިމާޔަތް ކުރާނެކަމައް، މިމީހަކު ހަމަޖެއްސިއިރު ހީވީ ދެންކުއްޖަކައް ގެއްލުމެެއް ހައްގުތައް ހިމާޔަތްވާނެކަމައް، ބޭކާރުމީހުން

Leave a Reply

Your email address will not be published. Required fields are marked *