ރައީސް ނަޝީދު ޖަރުމަނުގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސްއާއި ބައްދަލުކޮށްފި

ރައީސް ނަޝީދު ޖަރުމަނުގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސްއާއި ބައްދަލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
25 ޖޫން 2021 08:26
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޖަރުމަނުވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ބުންޑެސްޓާގްގެ ރައީސް މރ.ވުއަލްފްގަންގް ޝުއައިބުލައާ ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވިކަމަށެވެ. މީގެ އިތުރުން، ޖަރުމަނުވިލާތުގެ އިންސްޓިޓިއުޓެއް ކަމަށްވާ ޕްލޭންކް ފައުންޑޭޝަން ފޯރ އިންޓަރނޭޝަނަލް ޕީސް އެންޑް ދަ ރޫލް އޮފް ލޯ އިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ފޯރުކޮށްދެއްވަމުން ގެންދަވާ ތަމްރީނު ޕްރޮގްރާމްތައް ފާހަގަކުރައްވައި މަޖިލީހުގެ ރައީސް އެކަމަށް ޝުކުރުއަދާކުރެއްވިކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއިން ލިބިވަޑައިގަތް ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަނުވިލާތަށް ވަޑައިގަތީ މިދިޔަ މަހުގެ 13ވަނަ ދުވަހުއެވެ.

އެމަނިކުފާނުގެ ހާލުކޮޅާ ގުޅޭ ގޮތުން ބޭބޭފުޅު ޑރ.އިބްރާހީމް ނާޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފައިތިލައަށް ލިބިވަޑައިގެންނެވި ޒަޚަމް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ ކަމަށެވެ. އެއާއެކު ބުރާސްފަތި ދުވަހަށް ޑޮކްޓަރުން ތާވަލުކޮށްފައި އޮތް އެންޑޯސްކޮޕީ ވެސް ކެންސަލްކޮށްފައި ވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.