ދީނީގޮތުން މީސްތަކުން ސަމާލުކުރުމަށް ބުނާ ބަހެއްގެ ސަބަބުން ފުލުހަށް ހާޒިރުކުރުމުން މި ސަރުކާރުގެ ލާދީނީކަން އިތުރަށް ހާމަވެއްޖެ ކަމަށް ޢަލީ ރަމީޒް ވިދާޅުވެއްޖެއެވެ.
ދީނީ ކަންކަމަށް މީހުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއްކުރާއްވާ ޢަލީ ރަމީޒް މިފަދައިން ވިދާޅުވެފައި މިވަނީ، ޖަމިއްޔަތުއް ސަލަފްގެ އިސް ބޭފުޅެއް ކަމުގައިވާ ޝައިހް މުޖުތަބާ ހަމީދު މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
މުޖުތަބާ ހަމީދު މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ މި މަހުގެ ފުރަތަމަ ދުވަހު ކުރެއްވި ޓްވީޓަކާއި ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ކަމަށް އޭނާގެ ވަކީލު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ޝައިޚު މުޖުތަބާ ވަނީ މިބިލާއިމެދު މަޖިލިސް މެމްބަރުން ނުހަނު ބޮޑަށް ވިސްނުމަށް އެދިފައެވެ. ހުށަހެޅޭ ބިލަކީ އިސްލާމްދީނާއި އެދީނުގެ ހަމަތަކަށް ގޮންޖެހުން ކުރިމަތިކުރުވާ ފަދަ ބިލެއް ނަމަ އެފަދަ ބިލަކަށް ވޯޓުދީ ތާއިދު ކުރުމަކީ މެމްބަރުންގެ އިސްލާމްކަން ގެއްލިގެން ހިނގައިދާނެ ކަމެއްކަން ހަނދާން ކުރައްވުމަށްވެސް ޝައިޚު ވަނީ މެމްބަރުންނަށް ހަދާން ކޮށްދެއްވާފައެެވެ.
މި މައްސަލާގައި ޢަލީ ރަމީޒް ވިދާޅުވީ ދީނީގޮތުން މީސްތަކުން ސަމާލުކުރުމަށް ިލމުވެރިއަކު މިވަރުގެ ބަހެއް ވިދާޅުވުމުގެ ސަބަބުން ފުލުހަށް ހާޒިރު ކުރުމުން، މިސަރުކާރުގެ ލާދީނީކަން އިތުރަށް ހާމަވެގެން ހިނގައްޖެ ކަމަށެވެ.
Dheenee gothun meesthakun samaalu kurumah ilmuveriyaku mivaruge baheh vidhaalhuvumuge sababun fuluhah haaziru kurumun, misarukaaruge laadheeneekan ithurah haama vegen hingajje. pic.twitter.com/bR630xfLKD
— Ali Rameez ???? (@aliramyz) June 24, 2021
ޝައިޚު މުޖުތަބާގެ އިލްމީ ނަސޭހަތުގެ ޓްވީޓާއި ގުޅިގެން ފުލުހަށް ހާޒިރު ކުރިކުރުމަކީ އިލްމުވެރިންނަށް ބިރު ދެއްކުމަށް ކުރެވޭ ކަމެއްކަމެއްގެ ގޮތުގައި ސަލަފް ޖަމްއިއްޔާއިން ވަނީ ބުނެފައެވެ. އަދި މިހާރު އެޖަމްއިއްޔާއިން ނަފްރަތު ބިލާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ކުޑަވެސް ހީނަރުކަމެއް މިކަމުގެ ސަބަބުން ނާންނެކަމަށާއި، ބިލާއި ދެކޮޅަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެކަމަށް އެޖަމްއިއްޔާއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ