ފާއިތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި، އެމެރިކާ ސިފައިން އަފްއާނިސްތާނުގައި ތިބި އިރު، ތަރުޖަމާނުންގެ ގޮތުގައާއި، އަދި އެނޫން ގޮތްގޮތުންވެސް، އެގައުމުގައި ތިބި އެމެރިކާ އަދި އެހެނިހެން ގައުމުތަކުގެ ސިފައިނަނަށް އެހީތެރިކަން ފޯރުކޮށްދޫފައިވާ އަފްއާނިސްތާންގެ އެތައްހާސް ރައްޔިތުން އެމެރިކާއަށް ބަދަކުރުމުގެ މަސައްކަތް އިތުރަށް ހަލުއި ކޮށްފައިވާ ކަމުގައި ބައިޑްންގެ ސަރުކާރުން ބުނެފިއެވެ.
އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މިމީހުންނަށް އެމެރިކާއަށް ވަނުމަށް ބޭނުންވާ ހުއްދަ ދިނުމަށްޓަކާ އެޕްލިކޭޝަންތައް މިހާރު ދަނީ ފުރިހަމަ ކުރެވެމުންނެވެ.
އޮފިޝަލް ބުނެފައިވާ ގޮތުގައި، އެމެރިކާ ސިފައިން އަފްއާނިސްތާނުގައި ތިބި 20 އަހަރު ދުވަހުގެ ތެރޭގައި، އެކި ގޮތްގޮތުން އެމެރިކާއަށް އެހީތެރިކަން ފޯކޮށްދީގައިވާ އަފްއާނިސްތާންގެ ރައްޔިތުންނަށް ދުނިޔޭގެ އެހެން ގައުމުތަކުން، ނުވަތަ އެމެރިކާގައި ދިރިއުޅުމުގެ ފުރުސަތު ހޯދާދިނުމަށް ކުރެވިފައިވާ ޕްލޭންތައް މިހާރުވަނީ ވަރަށް ބޮޑަށް އަވަސް ކުރެވިަފއެވެ. އައި މިއެންމެންގެ އެޕްލިކޭޝަންތައް މިހާރު ވަނީ ތަރުތީބު ކުރުމުގެ މަރުހަލާގައި ކަމަށްވެސް، ނަން ހާމަނުކުރުމަށް ޝަރުތުކޮށް، އިސް އޮފިޝަލު މީޑީއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.
އޮފިޝަލް ބުނެގައިވާ ގޮތުގައި، ވައިޓް ހައުސްއިން މި ހަފްތާގެ ބުދަ ދުވަހު ވަނީ މިމީހުންނަށް އެމެރިކާއިން ޖާގަ ދިނުމަށް ހެދިފައިވާ ޕްރޮޕޯސަލްތަކުގެ ތަފްސީލުތައް އެމެރިކާގެ ގާނޫނު ހަދާ މަޖިލުގެ މެމްބަރުން އަރުވަން ފަށާފައެވެ.
އަފްއާނިސްތާނުގައި މިހާރު ބާކީތިބި ނޭޓޯ އަދި އެމެެރިކާ ސިފައިން އަންނަ ސެޕްޓޭބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން އަފްޢާނިސްތާލުން ބާލަން ޖެހެއެވެ. އަދި ހަމަ އެއާއެކު ގާނޫނު ހަދާ މަޖިލިހުގެ މެމްބަރުންނާއި، އަދި އެނޫނަސް އެތައް ބަޔަކު ދަނީ، ތަރުޖަމާނުގެ ގޮތުންނާއި އަދި އެނޫން ގޮތްގޮތުންވެސް އެމެރިކާ ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތައް އެމެރިކާއަށް ބަދަލު ކުރުމަށް ޕްރެޝަރ ކުރުވުމުންނެވެ.
"އަހަރެމެންނަށްޓާކާ ކުރިޔަށް ނިކުމެ ހަގުރާމައިގެ ބިރުވެރިކަމާވެސް އެކުގަ، މަސައްކަތް ކުރި ފަތާތްތަކަށް އެހެން ގޮތެއް ހޯދާ ދިނުމަކީ، އަހަރެމްންގެ މައްޗަށް އޮތް ޒިންމާއެއް ކަމުހައި އަހަރެމެން ދެކެން، އަދި މިކަމަށްޓަކާ އެމެރިކާ ސަރުކާރާ އެކީ މަސައްކަތް ކުރަމުންދާތާ އެތައް މަހެއް ވެއްޖެ، އެހެންނަމަވެސް އަދި މިހާތަނަށް ވަނީ އެދެވޭ ކާމިޔާބީއެއް ނުލިބިފައެއް ނުވޭ،" ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރެއް ކަމުގައިވާ، ޕީާޓަ މެއިޖަރ، ފާއިތުވެދިޔަ ހަފްތާގައި ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަމުން ބުނެފައި ވެއެވެ.
އެމެރިކާގެ ކޮމްގްރެސްގައި މިކަމަށް މަދުން ނޫނީ ނުލިބޭވަރުގެ އާދަޔާ ޚިލާފު ބޮޑު ތާއީދެއް އޮތްނަމަވެސް، ސެޕްޓެމްބަރ 11ހެ ހަމަލާއަށްފަހު އެމެރިކާ ފެށި މިހަގުރާމަ އެކީ ނިންމާލުމަށް މަސައްކަތް ކުރަމުން ދިޔަނަމަވެސް، މިކަމާ ގުޅޭގޮތުން ބައިޑްންގެ ސަރުކާރުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
"އަހަރެމެން މިދަނީ ބޭނުން ވެއްޖެ ހާލަތެއްގައި، އެއްފަހަރާ ގިނަވަޔަކުން، އެގައުމުގެ ބޭރު ކުރެވޭނެ އިންތިޒާމް ހަމަޖައްސަމުން،" ވައިޓް ހައުސްގެ ޕްރެސް ސެކެޓްރީ ޖެން ސާކީ، މި ހަފްތާގެ ކުރީކޮޅު މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.
އެމެރިކާއަށް އެހީތެރިވެދިން ގިނަ އަދަދެއްގެ އަފްއާން ރައްޔިތުން އެމެރިކާއަށް ގެންދިއުމުގެ މަސައްކަތް އަވަސް ކުރަމުންދާއިރު، މި ހުކުރު ދުވަހު، ބައިޑްން ވަނީ އަފްއާނިސްތާނުގެ ރައީސް އަޝްރަފް ޢަނީއާއި، އަދި، "ހައި ކައުންސިލް ފޯރ ނޭޝަނަލް ރީކޮންސިލިއޭޝަން" އަބުދުﷲ އަބުދުﷲއާއިވެސް ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ