ރަންބީރު އެނބުރި ޝޫޓިންގތަކަށް!

ރަންބީރު އެނބުރި ޝޫޓިންގތަކަށް!

Author
ފާތިމަތު ނާވީ
25 ޖޫން 2021 01:37
0

ކޯވިޑް-19ގެ ސަބަބުން ގިނަ ތަރިންތަކެއް ތިބީ ގޭގައި މަޑުކޮށްގެންނެވެ. އިންޑިއާގެ ކޯވިޑްގެ ހާލަތު އިންތިހާ އަށް ގޯސްވުމަށް ފަހު މިހާރުވަނީ އަލުން ހަމައަކަށް އެޅެންފަށާފަ އެވެ. އެއާއި އެކު ގިނަ ތަރިން ދަނީ މަސައްކަތަށް އެނބުރި ރުޖޫއަ ވަމުންނެވެ.

އެގޮތުން މަޝްހޫރު ފިލްމީ ތަރި ރަންބީރު ކަޕޫރު ވެސް ވަނީ އަލުން ޝޫޓިންގތަށް ފަށާފައިއެވެ. ވަރަށް "ސްޓައިލިޝް"ކޮށް ހެދުން އަޅައިގެން ޔަޝްރާޖް ފިލްމް ސްޓޫޑިއޯއަށް އޭނާ ވަންނަނިކޮށް ވަނީ ފެނިފަ އެވެ.

ރަންބީރުގެ ދެތިން ފިލްމެއް ކުރިއަށް އެބަައޮތެވެ. އޭގެތެރޭގައި "ބްރަހްމަސްތުރާ" "ޝަމްޝޭރާ" އަދި "އެނިމަލް" ހިމެނެއެވެ. މީގެ ތެރެއިން "ބްރަހްމަސްތުރާ"ގެ ޝޫޓިންގެ ބޮޑު ބައެއް މިހާރުވަނީ ނިމިފައިއެވެ. ފިލްމު ނުނިމި ލަސްވެގެން ގޮސްފައިވަނީ ކަޮވިޑްގެ ސަބަބުނެވެ. މި ފިލްމުން ރަންބީރާއިއެކުގައި ލޯބިވެރިޔާ އާލިއާ ބަޓްވެސް ފެނިގެން ދާނެއެވެ. މީ މި ދެތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. އެހެން ކަމުން ފޭނުން މި ފިލްމަށް ކުރާ އިންތިޒާރާއި، އުންމީދުތަށް ބޮޑެއެވެ.

ބޮލީވުޑްގެ ހަބަރުތަށް ގެެނެސްދޭ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ވަރަށް އަވަހަށް މި ދެލޯބިވެރިން "ބްރަހްމަސްތުރާ"ގެ ޝޫޓިންގއަށް ހަންގޭރީގެ ބުޑަޕެސްޓްއަށް ފުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.