އަވަހާރަކޮށްލުމަށް ދިން ހަމަލާއިން ލިބިވަޑައިގެންނެވި ޒަޚަމްތައް ވަރަށް ގިނަ ކަމަށާއި، މަސައްކަތްކުރައްވަނީ އެ އަނިޔާތަކުން އަރައިގަނެ ވީހާވެސް އަވަހަށް ރާއްޖެ ދިއުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ކެނަރީގެއިން ނިކުމެ ވަޑައިގެން ކާރުކޮޅަށް އަރުއްވަނިކޮށް ވަނީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ބޮމެއް ގޮއްވާލާފައެވެ. އެ ހަމަލާއިން ލިބިވަޑައިގެންނވި ޒަޚަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާ ހޯއްދަވާފައިވަނީ ޖަރުމަންވިލާތުގެ އަސްކަރީ ހޮސްޕިޓަލަކުންނެވެ. އަދި ހޮސްޕިޓަލުން ވަނީ މިހާރު އެމަނިކުފާނު ދޫކޮށްލައްވާފައެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ހަމަލާއިން ވަރަށް ގިނަ އަނިޔާ ލިބިވަޑައިގެންނވިކަމަށެވެ. ނަމަވެސް މަސައްކަތްކުރައްވަނީ އެ އަނިޔާތަކުން އަރައިގަނެ ހެޔޮ ހާލުގައި ރާއްހެ ދިއުމަށްމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑަށް ލިބިފައިހުރި އަނިޔާ ވަަރށް ގިނަ. އެހެން ނަމަވެސް އަޅުގަނޑު މަސައްކަތްކުރަނީ މާތް ﷲ ގެ ރަޙްމަތްފުޅާއެކު މި އަނިޔާތަކުން އަރައިގަނެ، ހެޔޮ ހާލުގައި ރައްޖެ ދިއުމަށް.
– ރައީސް މުޙައްމަދު ނަޝީދު
Alhugandah libifahuri aniyaa varah gina. Ehen namaves alhugandu masakkaiy kuranee Maaiy Allah ge rahmaiyfulhaieku mi enme aniyaa thakun araigane, heyo haalugai Raajje dhiumah
— Mohamed Nasheed (@MohamedNasheed) June 24, 2021
ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެކަމަށް ވިދާޅުވެފައިވާއިރު، އެ ހަމަލާއިން ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ތެރެއިން ފަޔަށް ލިބިވަޑައިގެންނެވި ޒަޚަމް ފިޔަވައި އެހެން ހުރިހާ ޒަހަމްތަކެއް ފަސޭހަ ވެފައިވާ ކަަމަށް އެމަނިކުފާނުގެ އާއިލާއިން ވަނީ ވިދާޅުވެފައެވެ.
މިމަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނުކުމުވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީމަގާވީކޮޅަށް ހިނގަވާފައި ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލުމާ ގުޅިގެންވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.
މިއަނިޔާތަކާއި ގުޅިގެން 16 ގަޑިއިރުގެ ނުރައްކާތެރި އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލުގައި ވަނީކޮށްފައެވެ. ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށާއި، އެ އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.
އޭޑީކޭ ހޮސްޕިޓަލުން ގިނަ ސާޖަރީތަކެއް ހައްދަވައި ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާއަށް އެމަނިކުފާނު ޖަރުމަން ވިލާތަށް ވަޑައިގެންނެވީ މިމަހުގެ 13ވަނަ ދުވަހުގައެވެ. ޖަރުމަންވިލާތުގެ ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވަނީ ޖަރުމަންވިލާތުގެ ސަރުކާރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ހާމަކުރައްވައިފިއެވެ.
ރައީސް ނަޝީދަށްދިން ބޮމުގެ ޙަމަލާއާއި ގުޅިގެން މިހާތަނަށްވަނީ އެހަމަލާގައި އަމަލީގޮތުން ބައިވެރިވި މީހުންނާއި، ބޮންގޮއްވާލި ސައިކަލުގެ ވެރިފަރާތް ހިމެނޭހެން ޖުމްލަ 5 މީހަކު ހައްޔަރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ