ހެނބަދޫ ގޮނޑުދޮށް ހިމާޔަތްކޮށް، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށައިފި

ހެނބަދޫ ގޮނޑުދޮށް ހިމާޔަތްކޮށް، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
24 ޖޫން 2021 12:40
0

ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ ޖޫން މަހުގެ 21 ވަނަ ދުވަހު ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށާފައި ވާކަމަށެވެ. ނ.ހެނބަދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތުގައި ހިމެނެނީ 235މީޓަރުގެ ބޮޑުހިލައިގެ އެއްގަމު ތޮއްޓެއް ލުމާއި، 25މީޓަރުގެ ގްރޯއިންސްޖެހުމެވެ. މި މަސައްކަތް ނިންމުމަށްހަވާލުކޮށްފައިވަނީ 3މަސްތެރޭގައެވެ. މިމަސައްކަތަށް 5މިލިއަން ރުފިޔާވަނީ ކަނޑައަޅާފައެވެ.

ނ.ހެނބަދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އެމްޓީސީސީން ވަނީ މިދިޔަ އަހަރު ހެނބަދޫ ބަދަރުގެ މަސައްކަތްވެސް ނިންމާފައެވެ. ހެނބަދޫގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 23 ޖޫން 2019ގައެވެ. އަދި މިމަޝްރޫޢު މޮބިލައިޒްކުރެވިފައިވަނީ 24 ސެޕްޓެމްބަރ 2019 ގައެވެ. މިއީ ދަޢުލަތުގެ ބަޖެޓުން 30.3 މިލިއަން ރުފިޔާގެ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ ބަނދަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.