ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ބަޔާން މިއުނިކްއިން މޮޅަކުން ފެށުމަކީ އޭނާ ލިބުނު ހިތްހަމަޖެހުމެއް ކަމަށް ބަޔާން މިއުނިކުގެ ކޯޗު ހެންސީ ފްލިކް ބުނެފިއެވެ.
އޭނާ ބުނީ މުބާރާތް މޮޅުކުން ފެށުމަކީ އެންމެ މުހިންމު އެއްކަންތައް ކަމަށާއި ބަޔާންއިން އެކަން ކުރީތީ ހިތްހަމަޖެހޭ ކަމަށެވެ. ޓީމުން ހުރިހާ ގޮތަކުން ވެސް ތިބީ ލޯ ހުޅިވިފަކަމަށާއި އޭނާގެ ޕްލޭނަށް ޓީމުން ވަރަށް ރަނގަޅަށް ތައްޔާރުވިކަމަށް ހުސްވި ސީޒަންގެ މުބާރާތް ބަޔާން މިއުނިކަށް ކާމިޔާބުކޮއްދިން ކޯޗު ބުނިއެވެ.
އެންމެ މުހިންމުކަމަކީ ފުރަތަމަ މެޗު ކާމިޔާބުކުރެވުން. އަހަރަމެންގެ މި ސީޒަނުގެ އަމާޒެއް މިތަށި ދިފާއުކުރުމަކީ.
– ހުސްވި ސީޒަނުގައި ބަޔާންއަށް ތިން ތަށި ކާމިޔާބުކޮއްދިން ކޯޗު ބުނެފައިވެއެވެ.
އޭނާ ބުނީ މި ސީޒަނުގެ އެންމެ މުހިންމު އަމާޒަކީ މިދިޔަ ސީޒަނުގައި ހޯދި ޗެމްޕިއަންސް ލީގު ތަށި ދިފާއުކުރުން ކަމަށާއި އެކަމަށްޓަކައި ކުރިމަތިލާ ހުރިހާ މެޗަކުން ކާމިޔާބު ހޯދުން މުހިންމުކަމަށެވެ.