މިޝްކާއަށް ފަރުވާ ދިނުމުގައި، ފަރުވާތެރިވިނަމަ ހާދިސާހިނގުމަކީ ނާދިރުކަމެއް: ހެލްތު

މިޝްކާއަށް ފަރުވާ ދިނުމުގައި، ފަރުވާތެރިވިނަމަ ހާދިސާހިނގުމަކީ ނާދިރުކަމެއް: ހެލްތު

ގުޅުންހުރި

ކޯވިޑް ބަލީގައި ނިޔާވި މިޝްކާގެ މަރުގެ ހާދިސާގައި އެޓެންޑް ވާންޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑްވެފައި ވާނަމަ މިހާދިސާ ހިނގުމަކީ ނާދިރު ކަމެއްކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން ތައްޔާރުކޮށް އާންމުކޮށްފައިވާ މިޝްކާގެ މަރުގެ ރިޕޯޓުގައި ވަނީ އެޗް.އީ.އޯ.ސީއިން ދޭންޖެހޭ ފަރުވާ ފޯރުކޮށް ދިނުމުގެ ހުރިހާ މަރުހަލާއެއްގައި އެކަށީގެން ނުވާވަރުގެ ލަސްތަކެއްވެފައި ވާކަމަށެވެ. އަދި ޑީ.އެމް.އާރް.ޓީއިން އޮންލައިން ކޮންސަލްޓޭޝަން ހެދުމުގައި ބެއްލެވި ޑޮކްޓަރުންވެސް އެފަރާތުގެ ޙާލަތު އެންމެ ރަނގަޅަށް ދެނެގަނެވިފައި ނުވާކަންވެސް ފާހަގަ ކޮށްފައިވެއެވެ.

މިހާދިސާ ދިމާވުމަށް މެދުވެރިވި އެކިއެކި ކަންކަމަކީ ފެށުނީއްސުރެ ސިސްޓަމުގައި ހުރި މައްސަލަތައްކަން ވަނީ ފާހަގަ ކުރެވިފައެވެ. މީގެ ކުރިން ކޮވިޑް ކޭސްތަކުގެ އަދަދު ހިފެހެއްޓިފައިހުރި މިންވަރުގެ ސަބަބުން މި މައްސަލަތައް ފެންމަތިވެފައެއް ނުވެއެވެ. ސިސްޓަމްގައި އެކުލެވިގެންވާ އެކިއެކި ބައިތަކާއި މަރުހަލާތަކުގައި ހުރި މައްސަލަތައް ވަކިން ހާއްސަ ގޮތެއްގައި އާދަޔާ ޚިލާފަށް ކޭސްތައް އިތުރުވެގެން އަންނައިރު ދިމާވާ ނިޒާމީ މައްސަލަތައް މިހާރުވަނީ ދެނެގަނެވި އެކަންކަން ރަނގަޅު ކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައެވެ.

– ހެލްތުން އާންމު ކުރި ރިޕޯޓުގައި ވެއެވެ.

ކުއްޖާގެ ބެލެނިވެރިޔާއާއި ޑީ.އެމް.އާރް.ޓީގެ ޑޮކްޓަރާ ދެމެދު ކުރެވުނު މުޢާމަލާތުގެ އަލީގައި، އެކުއްޖާ ބަލާ ދާނެކަމަށް ޤަބޫލް ކުރެވިފައިވާކަން ކުއްޖާގެ ބައްޕަ ކޯލް ސެންޓަރުގެ އެޖެންޓުންނާ ކޮށްފައިވާ ކޯލްތަކުގެ ލޮގްތަކުން ދޭހަވާކަމަށާއި، އަދި މީގެ އިތުރުން ކޯލް ސެންޓަރުން އެފަރާތުގެ އާއިލާއާ ކޮށްފައިވާ މުޢާމަލާތްތަކުން ތަކުރާރުކޮށް ކުއްޖާ ބަލާ ފޮނުވާކަމަށް ދޭހަވާ އިބާރާތުން މުޢާމަލާތް ކޮށްފައިވާ ކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ. އެހެންނަމަވެސް 23:32 (އީ.އެމް.އެސްއަށް ކޯލްކުރި ގަޑި) އާ ހަމައަށް އެއްވެސް ފަރާތަކުން ކުއްޖާ ބަލާ ދިއުމަށް އެންބިއުލަންސް ޓްރިގަރކޮށްފައެއް ނުވާކަމަށް ރިޕޯޓްގައި ވެއެވެ.

ހަމަ މިއާއެކު އެޗް.އީ.އޯ.ސީގެ ކޯލް ސެންޓަރއިން ކޯޓްތަކަށް ޖަވާބު ދެއްވި ފަރާތްތަކުން ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި ހާލަތަށް އައި ބަދަލު ދެނެގަނެވިފައި ނެތްކަމާއި އަދި އެ މައުލޫމާތު ފުރިހަމައަށް ލޮގްކޮށް ހުރިހާ ކޯލްތައް ހިއްސާ ކުރަން ހަމަޖެހިފައިވާ ގޮތަށް ހިއްސާކޮށްފައި ނުވާކަަމަށް ރިޕޯޓްގައިވެއެވެ. މި ހާދިސާގައި އެޓެންޑް ވާންޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑްވެފައި ވާނަމަ މިހާދިސާ ހިނގުމަކީ ނާދިރު ކަމެކެވެ. އެހެންކަމުން މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ރިވިއުއިން ފާހަގަ ކޮށްފައިވާ ކަންކަން އިސްލާހު ކުރުމުގެ މަސައްކަތްވަނީ ފަށާފައިވާކަމަށް ވަނީ ބުނެފައެވެ.

ކޮވިޑަށް ޕޮޒިޓިވްކަން މިދިޔަ މަހުގެ 28 ގައި އެނގުނު މިޝްކާގެ ހާލު ސީރިއަސްވީ މި މަހުގެ ކުރީކޮޅު އެވެ. އެކަމަކު އެމްބިއުލާންސް ފޮނުވައިދޭން އެދުމުން އެކަން ކޮށްދީފައިވަނީ ދެ ގަޑިއިރާއި 25 މިނެޓު ފަހުންނެވެ. ރިޕޯޓްގައި ބުނީ މިޝްކާ އަށް އެޓެންޑްވުން އަވަސްކުރި ނަމަ މި ހާދިސާ ހިނގުން ނާދިރު ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ