މެޑިސަން އާއި ބާންސް ޔޫރަޕަގައި ޖެހި ފުރަތަމަ ލަނޑާއެކު ލެސްޓާއަށް ރަނގަޅު ފެށުމެއް

މެޑިސަން އާއި ބާންސް ޔޫރަޕަގައި ޖެހި ފުރަތަމަ ލަނޑާއެކު ލެސްޓާއަށް ރަނގަޅު ފެށުމެއް

Author
އިބްރާހީމް ސާޢިދު
23 އޮކްޓޯބަރ 2020 02:05
0

ޔޫރަޕާލީގުގައި ލެސްޓާސިޓީން އެޓީމު ކުޅުނު މެޗު ކާމިޔާބުކޮށް މުބާރާތް ރަނގަޅު ފެށުމަކުން ފަށައިފިއެވެ.

އިނގޭރސި ކުލަބުން ލެސްޓާއިން މެޗު ކާމިޔާބުކުރީ ޔުކްރެއިނުގެ ޒޮރިޔާން ލުހަންސްއާ ވާދަކޮށް 3-0 ލަނޑުންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު ލެސްޓާއިން މެޗުގެ ފުރަތަމަ ދެލަނޑު ފުރަތަމަ ހާފްގައި ކާމިޔާބުކޮއްދިނީ ޖޭމްސް މެޑިސަން އާއި ހާވޭ ބާންސްއެވެ.

މިއީ 59 އަހަރުފަހުން އިނގިރޭސި ދެ ކުޅުންތެރިޔަކު އެކުލަބަށް ޔޫރަޕުގެ މުބާރާތެއްގައި ޖެހި ފުރަތަމަ ލަނޑެވެ. މިއީ މިދެކުޅުންތެރިން ވެސް ޔޫރަޕުގެ މުބާރާތެއްގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މެޗުގައި ލެސްޓާއިން ޖެހި ތިންވަނަ ލަނޑު ކާމިޔާބުކޮއްދިނީ މެޗުގެ ފަހުހާފްގައި ބވާދަކުރި މެޗު 3-0 ލަނޑު ކާމިޔާބުކުރީ ބަރާގާއިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.