މުހިންމު ކުޅުންތެރިންނާ ނުލާ ނުކުމެ އަލްކަމާރުން ނަޕޯލީ ބަލިކޮއްފި

މުހިންމު ކުޅުންތެރިންނާ ނުލާ ނުކުމެ އަލްކަމާރުން ނަޕޯލީ ބަލިކޮއްފި

ގުޅުންހުރި

ޔޫރަޕަ ލީގު ފުޓްބޯޅަ މުބާރާތުގައި މުހިންމު ކުޅުންތެރިންނަށް ނުލާ ނުކުމެ ނެދެލޭން އޭޒެޑް އަލްކަމާރުން އިޓަލީގެ ނަޕޯލީ ބަލިކޮއްފިއެވެ.

ކޯވިޑް 19 އަށް ޕޮޒިޓިވި އަލްކަމާރުގެ 13 ކުޅުންތެރިން ނުލައި ކުޅުނުމެޗު އެޓީމުން ކާމިޔާބުކުރީ 1-0 ލަނޑުންނެވެ. ނަޕޯލީގެ ދަނޑުގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑު ކަމާރުން ކާމިޔާބު ކުރީ މެޗުގެ ދެވަނަހާފްގެ ކުރީކޮޅު ޑަނީ ޑި ވިޓްއެވެ. މިމެޗަށް އިޓަލީއަށް ކާމާރުން ދިޔައީ 17 ކުޅުންތެރިންނާއެކުއެވެ.

މި ގުރޫޕްގައި ރޭ ސްޕެއިންގެ ރެއާލް ސޮސެއިޑާޑް އާއި ކޮރޭޝިޔާގެ ރެޖިކާ ވާދަކުރި މެޗު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖުއާން ބައުޓިސްޓާ ކާމިޔާބުކުރި ހަމައެކަނި ލަނޑުން ސޮސެއިޑާޑް ވަނީ މޮޅުވެފައެވެ. މިއީ ސޮސެއިޑާޑްގެ ޑޭވިޑް ސިލްވާ ޔޫރަޕުގައި ކުޅުނު 101 ވަނަމެޗެވެ.

ރޭ މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސްޕެއިންގެ ގްރެނޭޑާ އާއި ނެދަލޭންޑްގެ ޕީއެސްވީ ވާދަކުރި މެޗު ޕީއެސްވީ ލަނޑެއް ޖަހައިފަ ވަނިކޮށް ފަހަތުން އަރައި 2 ލަނޑުޖަހާ ގްރެނެޑާއިން ވަނީ މެޗު ކާމިޔާބުކޮއްފައެވެ. މިމެޗުގެ ޕީއެސްވީ އަށް ލަނޑު ކާމިޔާބުކޮއްދިން މާރިޔޯ ގޯޓްޒޭ ވަނީ އެކުލަބަށް މިހާތަނަށް ކުޅުނު ދެމެޗުގައި ލަނޑުޖަހާފައެވެ.

ރޭ މުބާރާތުގައި ޖަރުމަނުގެ ބަޔާ ލެވަކޫސަން ވަނީ 6-2 ލަނޑުން މެޗު ކާމިޔާބުކޮށް ފްރާންސްގެ ނައިސްގެ މައްޗަށް ބޮޑުމޮޅެއް ހޯދަފައެވެ. މިމެޗުގައި ލެވަކޫސަންގެ ކަރިމް ބެލްރާބީ ވަނީ ދެލަނޑުޖަހާފަ. މުބާރާތުގައި ސްވިޒަލޭންޑްގެ ޔަންގްބޯއީސް ލަނޑެއް ޖަހަފައިވަނިކޮށް މެޗުގެ ފަހުހާފްގައި ޖެހި ދެލަނޑާއެކު އިޓަލީގެ ރޯމާއިން ވަނީ 2-1 ލަނޑުން ކުރިހޯދާފައެވެ.

ޔޫރޮޕާ ލީގުގެ އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ވިޔަރެއާލް ވަނީ 5-3 އިން ތުރުކީގެ ސިވާސްޕޯރް ބަލިކޮށްފަ އެވެ. ބެލްޖިއަމްގެ ޗެމްޕިއަން ސްޓެންޑާޑް ލީޖް އަތުން  ރޭންޖާސް މޮޅުވީ 2-0 އިންނެވެ..

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *