ޔޫރަޕާ ލީގުގައި ރޭ އާސެނަލް ވާދަކުރި މެޗު ރެޕިޑް ވެއިންގެ ކުރިހޯދާ އާސެނަލްއިން މުބާރާތުގެ ފެށުން ރަނގަޅުކޮއްފިއެވެ.
ރަށުން ބޭރުގައި ކުޅުނު އާސެނަލުން ކާމިޔާބުކުރީ ރެޕީވެއިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި 2 ލަނޑު ކާމިޔާބުކޮއްގެންނެވެ. އޮސްޓިރިޔާގެ އެލިއާޒް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ހުރިހާ ލަނޑެއް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. މެޗުގެ ރެޕިޑުގެ ޓެކްސިއާކިސް ފޯޓަންސް ލީޑު ނަގާ ކުރި ހޯދައިފަވަނިކޮށް އާސެނަލްއަށް ނަތީޖާ ހަމަހަމަކޮއްދިނީ ޑޭވިޑް ލުއިސްއެވެ.
އާސެނަލްއިން ނަތީޖާ ހަމަހަމަކުރިތާ ހަތަރު މިނިޓުފަހުން އާސެނަލް މެޗުން މޮޅުވި ލަނޑު ކާމިޔާބުކޮއްދިނީ ދެވަނަ ހާފުގައި ކުޅެން ނުކުތް އައުބަމަޔަންއެވެ. މިއީ އައުބަމަޔަން ޔޫރަޕާ ލީގުގައި ކުޅުނު 19 މެޗުގެ ތެރެއިން އޭނާ ކާމިޔާބު ކޮށްދިން 12 ވަނަ ލަނޑެވެ.
ރޭގެ މެޗުގެ އެތުލިޓިކޯ މެޑްރިޑުން އާސެނަލާ ގުޅުނު ތޯމަސް ޕަޓޭ ވަނީ ފުރަތަމަފަހަރަށް އާސެނަލްގެ ފުރަތަމަ އޭގާރައިގަ ހިމެނިގެން ކުޅެފައެވެ. އާސެނަލް ވަނީ އެންމެފަހުން ޔޫރާޕާ ލީގުގައި ކުޅުނު ހަތަރުފަހަރު ވެސް މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވެފައެވެ.
މިއީ 8 އަހަރުފަހުން ރެޕިޑް ވެއިނާ އިން މުބާރާތުގައި އަމިއްލަދަނޑުގައި އެޓީމު ބަލިވި ފުރަތަމަ ފަހަރުއެވެ. އެޓީމުން ވަނީ މިހާތަނަށް މުބާރަތުގައި އިމިއްލަ ދަނޑުގައި ބަލިނުވެ 13 މެޗު ހަމަކޮއްފައެވެ. ރޭގެ މި ޕުގުރޫޕްގެ ޑެންމާކް ޑަންޑަލްކް އެފްސީ އާއި ނޯވޭގެ މޯލްޑް ވާދަކުރި މެޗު 2-1 ލަނޑުން ކާމިޔާބުކުރީ މޯލްޑްއެވެ.