ޔޫރަޕާ ލީގު ފުޓްބޯޅަ މުބާރާތުގައި އޭސީ މިލާނުން ސެލްޓިކް މައްޗަށް ކުރި ހޯދާއިފިއެވެ.
ޔޫރަޕް ފުޓްބޯޅައިގައި ކާމިޔާބު ކުލަބު މިލާނުން މެޗު ކާމިޔާބު ކުރީ ސެލްޓިކްއާ ވާދަކޮށް 3-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަހާފްގައި މިލާނުން ދެލަނޑު ވަނީ ކާމިޔާބުކޮށްފައެވެ. މިލަނޑުތައް ކާމިޔާބުކޮއް ދިނީ ރަޑް ކުރްނިޗް އާއި ބްރަހިމް ޑައާޒްއެވެ. މެޗު ސެލްޓިކް ޖެހި ލަނޑު ކާމިޔާބުކޮއްދިނީ މުހައްމަދު އެލް ޔޫނުސީއެވެ.
މެޗުގެ ފަހު ލަނޑު އިތުރުވަގުތު ތެރޭގައި މިލާނަށް ކާމިޔާބުކޮއްދިނީ ޖެންސް ހައުގޭއެވެ. ސެލްޓިކަށް ވަނީ މިލާނާ ދެކޮޅަށް އެންމެފަހުން ކުޅުނު ހަތަރު މެޗުގެ ވެސް ކުރި ނުހޯދިފައެވެ. ރޭގެ މެޗުގެ ސްވިޑެންގެ ޒަލްޓަން އިބްރަހިމޮވިޗް ވަނީ ފުރަތަމަ އޭގާރާގައި ހިމެނިގެން ކުޅެން ނުކުމެފައެވެ. އޭނާ ވެފަވަނީ އޭސީ މިލާނުގެ ކުރީގެ ކެޕްޓަން ޕައުލޯ މަލްޑީނީއަށް ފަހު ޔޫރަޕުގެ މުބާރާތެއްގައި ކުޅުނު އުމުރުން އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ.
ރޭގައި މުބާރާތުގައި މި ގުރޫޕްގައި ރަޝިޔާގެ ސްޕާޓަރ ޕްރާއާއި ފްރާންސްގެ ލީލޭ ވާދަކުރި މެޗު 4-1 ލަނޑުން ކާމިޔާބުކުރީ ލިލޭއެވެ. މިމެޗުގެ 23 ވަނަ މިނިޓުގައި ސްޕާޓާގެ ޑިފެންޑަރު ލަޑިސްލޭވް ކްރެސީއަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މޮމޮޅާއެކު ލަނޑުގެ ތަފާތުން ގުރޫޕްގައި ކުރީގައި އޮތީ ލިލޭއެވެ.